މާފަންނުގައި ހުރި ގެއެއްގެ ތެރެއިން މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެއެވެ.
އެމީހާ ފެނުނީ މާފަންނު ގަނޑިބުރު ކައިރީގައި ހުންނަ މ. ނަލަހިޔާ މަންޒިލްގެ ތިން ވަނަ ފަންގިފިލާގެ ކޮޓަރިއެއްގައި ތެރޭގައި އޮއްވައެވެ.
މަރުވެފައި އޮއްވާ ފެނުނީ އުމުރުން 57 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުނި ނަމަވެސް، އެއީ ކާކުކަން ހާމައެއް ނުކުރެއެވެ.
މިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 11:33 ގައެވެ. މިއާއިއެކު ފުލުުން ފޮރެސިކް ޓީމުން އެތަނުގައި ހަރަކާތްތެރިވާން ފަށާފައިވާކަމަށް ފުލުހުން ބުންޏެވެ. އޭނާ އެގެއިން ފުލުހުން ނެރުނީ ބޮޑީ ބޭގެއްގައެވެ.
މިހާރު މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

