ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓްބޯޅަ މުބާރާތްކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗުތައް ސޮނީ ސްޕޯޓްސް ނެޓްވޯކް މެދުވެރިކޮށް ގެނެސްދޭނެކަމަށް މީޑިއާނެޓުން ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ މެޗުތައް ފެށިއިރު، މި ސީޒަނުގައި އައު ފޯމެޓަކާއި އެކު ފޯރިގަދަ މެޗުތަކެއް ފެނިގެން ދާނެ އެވެ. މީގެ ކުރިން 32 ޓީމު ވާދަކުރާ ލީގުގައި މިފަހަރު 36 ޓީމެއް ވާދަކުރާނެ އެވެ. ކޮންމެ ޓީމެއްވެސް މުބާރާތުގައި ލީގު އުސޫލުން އަށް މެޗު ކުޅޭއިރު، އަމިއްލަ ދަނޑުގައި ހަތަރު މެޗު ކުޅޭނެ އެވެ.
ހަތަރު ޕޮޓަކަށް ބަހާލާފައިވާ މުބާރާތުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ވެސް އަށް މެޗު ކުޅުމަށް ފަހު، ދެވަނަ ބުރަށް ކޮލިފައި ވާނީ ގަދަ އަށެކެވެ. އެއަށް ފަހު ބާކީ ރޭންކުތަކުގެ މެދުގައި ހޯމް – އަވޭ އުސޫލުން ނޮކްއައުޓް ޕްލޭއޮފް މެޗުތައް ކުރިޔަށްދާނެ އެވެ. ރައުންޑް އޮފް 16 އަށް ދާނީ، މި މެޗުން މޮޅުވާ އަށް ޓީމެވެ. ބަލިވާ ޓީމުތައް ޔޫރަޕާ ލީގަށް ކޮލިފައި ނުވެ މުބާރާތުން ކަޓާނެ އެވެ.
މުބާރާތުގައި ކުޅޭނެ ފޯރިގަދަ މެޗުތަކުގެ ތެރޭގައި ލިވަޕޫލްއާއި ރެއާލް މެޑްރިޑް ބައްދަލު ކުރާ މެޗުގެ އިތުރުން، މެންޗެސްޓަރ ސިޓީ އަދި ޕީއެސްޖީ މެޗު ފާހަގަކުރެވެ އެވެ. އަދި މުބާރާތުގައި އެންމެ ގިނަބައެއްގެ ސަމާލުކަން ހުއްޓޭނެ އެއް މެޗަކަށް ބާސެލޯނާއާއި، ބަޔާން މިއުނިޗް ކުޅޭ މެޗު ވެގެން ދާނެ އެވެ.

މީގެއިތުރުން ލިވަޕޫލްއާއި އޭސި މިލާން އަދި ލެވަކޫސަންއާއި އާސެނަލްގެ މެޗު ފާހަގަކުރެވެ އެވެ.
މީޑިއާނެޓުގެ ސްކްރީނުން މި ހުރިހާ މެޗުތައް ވެސް ބަލާލެވޭނެ އެވެ. އެގޮތުން މީޑިއާނެޓުން ބުނެފައި ވަނީ ޕެކޭޖު ލިބޭނީ އެމްއެސްޓީވީ، އެމްޓީވީ އަދި އެމްއެސްލައިޓް – ސްޕޯޓްސް އެޑް އޮން އަދި ވޯންޓް އިޓް އޯލް އަދި ހިޓްސް އަދި ހިޓްސް ޕްލަސް – ޕްރީމިއަމް އަދި ވޯންޓް އިޓް އޯލްއިން ކަމަށެވެ.
މީޑިއާނެޓުން ގެނެސްދޭ އެކްސްކްލޫސިވް އަޕްގްރޭޓް ޕްރޮމޯޝަން އޮފާގެ ތެރޭގައި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ހިމެނެ އެވެ. އޭގެ ތެރޭގައި 65 އިންޗީގެ ޓީވީއެއް، އެޕަލް އެއަޕޮޑްސް ޕްރޯ އަދި ގޫގުލް ކްރޯމްކާސްޓް އިނާމުތަކުގެ ތެރޭގައި ހިމެނެ އެވެ.
ސެޕްޓެމްބަރު 30 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި އޮފާގައި ބައިވެރިވެ މީޑިއާނެޓްގެ my.medianet.mv/qp ވެބްސައިޓު މެދުވެރިކޮށް އަޕްގްރޭޓުކޮށްލެވޭނެ އެވެ.

