ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ސްޓްރީ 2“ އިންޑިއާގައި ”އެންމެ ގިނަ ފައިސާ ހޯދި“ ހިންދީ ފިލްމަކަށް ވެއްޖެ

"ސްޓްރީ 2" އިން "ޖަވާން" އަށްވުރެ މަތިވެ، އައު ރެކޯޑެއް ޤާއިމްކޮށްފިއެވެ.
ޝެއާރކޮށްލާ ކަހަލަދޯ؟

”ސްޓްރީ 2“ ގެ ޕްރޮޑަކްޝަން ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެއް ކަމުގައިވާ މެޑޮކް ފިލްމްސްއިން ވަނީ މި ފިލްމަކީ އިންޑިއާގައި ”އެންމެ މަތީ ވަނައިގައިވާ ހިންދީ ފިލްމް“ ކަމުގައި ކަށަވަރުކޮށްދީފައެވެ. ބުދަ ދުވަހު އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓްކުރަމުން، އެ ފަރާތުން ވަނީ ފިލްމުގެ ޕޯސްޓަރެއް ހިއްސާކޮށް، ނޯޓެއްވެސް ލިޔެފައެވެ. މި ފިލްމުން ވަނީ ޝާރުކް ޚާންގެ ފިލްމް ”ޖަވާން“ ގެ މުޅި އުމުރުގެ ކަލެކްޝަން (އާމްދަނީ) ފަހަނައަޅާ ގޮސްފައެވެ.

ޝްރައްދާ ކަޕޫރު އަދި ރާޖްކުމާރު ރާއޯގެ ”ސްޓްރީ 2“ އިން އިންޑިއާގެ ބޮކްސް އޮފީހުން 586 ކްރޯޑް ރުފީސް ހޯދައިފިކަމަށް ވިޔަފާރި ދިރާސާވެރިޔާ ތަރަން އަދަރްޝް ބުނެފައިވެއެވެ.އޭނާ މިކަން އެކްސް (ކުރީގެ ޓްވިޓަރ) އެކައުންޓުގައި ޔަގީންކޮށްދީފައިވެއެވެ. ފިލްމުގެ ޕޯސްޓަރެއް ހިއްސާކުރުމާއެކު އޭނާ ލިޔެފައިވަނީ،  ސްޓްރީ2 އިން ތާރީޚު ލިޔެފި. ކަމަށެވެ. އެންމެ ގިނަ ފައިސާ ހޯދި *ހިންދީ* ފިލްމަކަށް ވެއްޖެ. ކަމަށެވެ.  #ޖަވާން ހިންދީ ވާރޝަން ގެ *މުޅި އުމުރުގެ ވިޔަފާރި ފަހަނައަޅާފައިވާ ކަމަށާއި. ދެން އޮތީ: 600 ކްރޯޑް ރުފީސްގެ ކްލަބް ފެށުން. [5 ވަނަ ހަފްތާ] ހުކުރު 3.60 ކްރޯޑް ހޮނިހިރު 5.55 ކްރޯޑް އާދީއްތަ 6.85 ކްރޯޑް، ހޯމަ 3.17 ކްރޯޑް އަންގާރަ 2.65 ކްރޯޑް. ޖުމްލަ: 586 ކްރޯޑް ރުފީސް ލިބިފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. 

ޖަވާން (2023) އަކީ އެޓްލީ ޑައިރެކްޓްކުރި އެކްޝަން ތްރިލަރ ފިލްމެކެވެ. މި ފިލްމުގައި ޝާރުޚް ޚާން ވަނީ ބައްޕައެއްގެ ދައުރާއި އޭނާގެ ދަރިފުޅުގެ ދައުރު އަދާކޮށްފައެވެ. މީގެ އިތުރުން ނަޔަންތާރާ، ވިޖޭ ސެތުޕަތި، ދީޕިކާ ޕަދުކޯން، ޕްރިޔާމަނި އަދި ސަންޔޔާ މަލްހޯތްރާ ވެސް މި ފިލްމުގައި ފެނިގެންދެއެވެ.

އަމަރު ކައުޝިކް ޑައިރެކްޓްކުރި ސްޓްރީ 2 ގައި ވަރުން ދަވާން އަދި އަކްޝޭ ކުމާރުގެ ކުޑަ ދައުރުތަކެއް ވެސް ހިމެނެއެވެ. ފުރަތަމަ ބައި ކަމުގައިވާ ސްޓްރީ (2018) އަކީ ވަރަށް ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމަކަށް ވުމާއެކު، ދެވަނަ ބަޔާ މެދު ވެސް ވަރަށް ބޮޑެތި އުންމީދުތަކެއް ކުރެވުނެވެ. ނަމަވެސް، ސްޓްރީ 2 އަށް ވަނީ އެ އުންމީދުތައް ވެސް ފަހަނައަޅައި ގޮސް، މުޅި ޤައުމުގެ ފެންވަރުގައި ފޭންސުންގެ ހިތްތައް ހޯދައިގަނެވިފައެވެ. މި ފިލްމުގައި ޕަންކަޖް ޓްރިޕާޠީ، އަބްހިޝެކް ބަނަރްޖީ އަދި އަޕަރްޝަކްތި ކުރާނާ ވެސް ފެނިގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: