ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫޢު ނިންމާ ތާރީހު ބަދަލުވެއްޖެ: ހީނާ

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ ޕްރޮޖެކްޓު ހިންގުމަށް ކަނޑައެޅިފައިވާ ތާވަލަށް ބަދަލު އައިސްފައިވާކަމަށާއި ނަމަވެސް އެ މަޝްރޫޢު ކާމިޔާބު ކަމާއިއެކު ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުން ކުރިއަށް ގެންދިއުމަށް އިއުލާނުކޮށްފައިވާ ރަސްމާލެ ޕްރޮޖެކްޓާއި ގުޅޭގޮތުން ތަރުޖަމާނު ހީނާ މައުލޫމާތު ދެއްވިއެވެ. ހީނާ ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދަކީ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުންކަމަށެވެ.

ހީނާ ވިދާޅުވީ، ހުރިހާ އެންމެނަށްވެސް އެކަށީގެންވާ ބޯހިޔާވަހިކަން ލިއްބައިދިނުމަށް އެމަނިކުފާނު ބޭނުންވެވަޑައިގަންނަވާކަމަށާއި މި އަހަރުގެ ބަޖެޓުގައި އެ މަސައްކަތްތައް ހިމެނުމަށް އެދިވަޑައިގެންނެވީ އެ ސަބަބާއި ގުޅިގެންކަމަށެވެ.

އެހެންނަމަވެސް އޭރު އޮތީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހެއްކަމަށްވުމުން އޭރު އައު ސަރުކާރަށް ދަތިކުރުމުގެ ގޮތުން އަޅާފައިވާ އެންމެ ބޮޑު ފިޔަވަޅަކީ އެ ޕްރޮޖެކްޓާއިގެން ކުރިއަށް ނުދެވޭނެ ގޮތަށް މި އަހަރުގެ ބަޖެޓު ފާސްކުރުންކަމަށެވެ. ހީނާ ވިދާޅުވީ، އެ ސަބަބާއި ގުޅިގެން މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަނޑައެޅި ތާވަލުގައިވާ ތާރީހުތަކަށް ބަދަލު އައިސްފައިވާކަމަށާއި ރަސްމާލެ ޕްރޮޖެކްޓަކީ ރައީސްގެ މުހިންމު ވައުދެއްކަމަށެވެ.

އެހެންކަމުން އެ މަސައްކަތްތައް ކުރިއަށް ދާނެކަމަށާއި ތާރީހުތަކަށް ބަދަލު އައި ނަމަވެސް ކާމިޔާބު މަސައްކަތްތަކެއްގެ ގޮތުގައި އެ ކަން ކުރިއަށް ދާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: