ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކި ގައުމުތަކަށް މަސްތުވާތަކެތި އެތެރެ ކުރާ ދެ މީހަކު ރާއްޖެއިން އަތުލައިގެންފި

އެކި ގައުމުތަކަށް މަސްތުވާތަކެތި ގެންދާ ދެ މީހަކު ރާއްޖެއިން ހައްޔަރު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭކަމަށް ތުހުމަތުކޮށް މެލޭޝިއާގެ ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް އަނެއްކާވެސް ގިނަވެ، މިފަހުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ވައިގެ މަގުން އެތެރެ ކުރަން އުޅުނު ބިދޭސީން ހައްޔަރުކޮށްފައި ވެއެވެ. ދިވެހިންނާއި ގުޅިގެން ކަނޑުމަގުންނާއި، ވައިގެ މަގުން އެތެރެ ކުރާ މަސްތުވާތަކެތި އަތުލައިގަތުމުގެ އޮޕަރޭޝަންތައް މިފަހުން ފުޅާކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އުޅޭކަމަށް ތުހުމަތުކޮށް ބަޔަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖުލައި މަހު އެވެ.

އެމިރޭޓްސްގެ ފްލައިޓަކުން ރާއްޖެއައި އެ މީހާގެ އަތުން މަސްތުވާތަކެތި ފެނިފައި ވަނީ ހައްޔަރު ކުރި އެކަކުގެ ފަރާތުން ޝައްކު ކުރެވޭ ކަންތަކެއް ފާހަގަކުރެވި އިތުރަށް ބެލިބެލުމުގެ ތެރެއިންނެވެ. އަދި ކަސްޓަމްސްއަށް އެއީ މަސްތުވާތަކެތިކަމަށް ޝައްކު ކުރެވި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ އެވެ.

ކޮންޓްރޯލް އޮޕަރޭޝަންގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މި މީހުން ވީޗެޓް ގުރޫޕެއް މެދުވެރިކޮށް ކޮމިއުނިކޭޓު ކުރަމުންދާކަން.. އެގޮތުން ހަތް މީހަކު ހިމެނޭ މި ގުރޫޕުގައި ވާހަކަ ދައްކަމުން ދިޔަ.. މިގޮތުން އަޅުގަނޑުމެންގެ އޮޕަރޭޝަންގެ ތެރެއިން ފާހަގަކުރެވިގެން ދިޔައީ އިތުރު މީހަކު މި މަސްތުވާތަކެތި ބަލައި އަންނާނެކަން.. އަދި ރީޕެކް ކުރުމަށް އެމީހަކު އަންނާނެކަން.. އެގޮތުން އިތުރު މެލޭޝިއާގެ މީހަކު އެ މަސްތުވާތަކެތި ބަލައި އަންނާނެކަން..

ފުލުހުން ބުނީ މި މައްސަލައިގައި ތަހުގީގުތަކަށް ފާހަގަކުރެވުނު ގޮތުން، އުމުރުން 44 އަހަރު އެންޖީ ތަމް ލިޕް ރާއްޖެއައި މަސްތުވާތަކެތި އިތުރު ބަޔަކާ ހަވާލު ކުރުމަށެވެ. އަދި މަސްތުވާތަކެތި ޕެކް ކުރުމަށް ބަލައި ދާން އޮތް މެލޭޝިއާއަށް ނިސްބަތްވާ 41 އަހަރުގެ ކޯ ހުއާބް ބޫން ރާއްޖެއައީ އޭގެ އެއް ދުވަސް ކުރިންކަމަށެވެ.

މި މީހުން އަތުން އަތުލައިގަތް މަސްތުވާތައްޗަކީ 13 ކިލޯގެ ކެނަބިސް އެވެ.

ފުލުހުން ބުނީ މެލޭޝިއާގެ ދެ މީހުންނަކީ ވެސް ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅެމުންއައި ބައެއްކަމަށެވެ. އަދި މި މަސްތުވާތަކެއްޗަކީ ވެސް އެހެން ގައުމަކަށް އެތެރެ ކުރުމަށް ރާވާފައިވާ މަސްތުވާތަކެތިކަމަށް ފުލުހުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: