ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޯސްޓްމޯޓަމް ދެއްކީ އަތުހަރު މަރުވީ ދަންޖެހިގެންކަމަށް: ފުލުހުން

އާދަމް އަތުހަރު، 32
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނަކު ރަހީނުކޮށް  ވަޅިން ބިރު ދައްކައި ފުލުހުންނަށް އިންޒާރު ދިން މައްސަލައިގެ ހައްޔަރުގައި ހުއްޓައި އާދަމް އަތުހަރު މަރުވެފައި ވަނީ ދަންޖެހިގެންކަމަށް އޭނާގެ އޮޓޮޕްސީ ރިޕޯޓުން ދައްކާކަމަށް ފުލުހުން ބުނެފި އެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ހުރި އަތުހަރު ޖަލު ގޮޅީގައި ދަންޖެހިފައި އޮއްވާ ފެނިގެން ފަރުވާދެމުން ދަނިކޮށް މަރުވީ ސެޕްޓެމްބަރު 2 ގައެވެ. އަތުހަރު މަރުވީ ދަންޖެހިގެން ނޫންކަމަށާއި، އޭނާއަށް ޖަލު ގޮޅީގައި އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވުމުން ހޯމް މިނިސްޓަރ އަލީ އިހުސާން ވަނީ އަތުހަރު ގޮޅީގެ ސީސީޓީވީ އޮފް ދަ ރެކޯޑުގައި ނޫސްވެރިންނަށް ދައްކާފަ އެވެ.

ޖަލު ބަންދުގައި ހުއްޓައި މަރުވާ މީހުންގެ އޮޓޮޕްސީ ހެދުމަށް ނިންމާފައިވާތީ، އެ އުސޫލުގެ ދަށުން އަތުހަރުގެ ޕޯސްޓްމޯޓަމް ވެސް ވަނީ ހަދާފަ އެވެ.

ފުލުހުންގެ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އަތުހަރުގެ އޮޓޮޕްސީ ރިޕޯޓުގައިވާ ގޮތުގައި މަރުވާން މެދުވެރިވި ސަބަބަކީ ދަންޖެހުން ކަމަށެވެ. މި މައްސަލައިގެ ތަހުގީގުތަކެއް ފުލުހުންނާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ކުރިޔަށް ގެންދާތީ އިތުރު ތަފްސީލެއް ހިއްސާ ކުރެވެން ނެތްކަމަށް ޝިފާއު ވިދާޅުވި އެވެ.

މި މައްސަލައިގައި ފުލުހުންގެ މަސައްކަތާއި މެދު ސުވާލު އުފައްދާ ދެކަމެއް އޮތް އިރު އެއީ އަންހެން މީހާ ސަލާމަތް ކުރުމަށް އަތުހަރުގެ ބޮލަށް މުގުރުން ހަމަލާ ދިން ގޮތާއި، ޖަލު ބަންދުގައި ހުރި އަތުހަރު މޮނީޓާރ ނުކުރުމެވެ.

އަތުހަރަކީ މީހަކަށް އަނިޔާއެއް ދީފާނެކަމަށް އިންޒާރު ދީ، އަމިއްލަ މީހާއަށް ޒަހަމް ދީފާނެކަމަށް އިންޒާރު ދިން މީހެއްކަމުން އޭނާ މޮނީޓަރ ކުރަން ޖެހުނު ނަމަވެސް، ޖަލު ގޮޅީގައި ދަންޖެހިފައި ހުއްޓާ އަތުހަރު ފުލުހުންނަށް ފެނިފައި ވަނީ 30 މިނެޓު ފަހުންނެވެ. މިއީ ފުލުހުންގެ އިހުމާލެއްކަމަށް ބަހުސްތަކެއް ފަށައި، މައްސަލައިގައި ވަނީ ހިޔާލުތައް ދެކަފިވެފަ އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: