ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދިވެސް ލުބުނާނުގައި ގޮވާފަނެ ޕޭޖަރުތަކެއް ބޭނުންކުރަމުންދިއުން އެކަށީގެންވޭ: މާހިރުން

ގޮވި ބާވަތްތަކުގެ ޕޭޖަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގޮވުމުގެ ފުރުސަތު އޮތް އެތައް ހާސް ޕޭޖަރުތަކެއް ލުބުނާނުގައި އަދިވެސް ބޭނުންކުރަމުންދާކަމަށް ބެލެވޭކަމަށް ކަމާއި ބެހޭ މާހިރުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ ”އެކްސްޕްރެސް“ ނޫހުގައި ޝާއިއުކޮށްފައިވާ އާޓިކަލްއެއްގައި ބުނެފައިވާގޮތުން ދާދި ފަހުން މުއާސަލާތީ ވަސީލަތްތަކެއް ގޮއްވާލައިގެން ދީފައިވާ ހަމަލާއެއްގައި ހިޒްބުﷲ ޖަމާއަތުގެ ގިނަ އަދަދެއްގެ ކޮމާންޑަރުންނަށް އަނިޔާތައް ލިބިފައިވާކަމަށެވެ. އަދި މިއީ އިސްރާއީލުން ރާވައިގެން ހިންގާފައިވާ އަމަލެއްކަމަށް ތުަހުމަތުކުރާކަމަށާއި މިކަން ކަށަވަރުކުރެވިފައިނުވާއިރު ވައިގެ މަގުން ދިން ހަމަލާއެއްގައި އެ ޖަމާއަތުގެ ދެ ސީނިއާރ ކޮމާންޑަރުންނާއި 10 އިތުރު ކޮމާންޑަރުނާއި 16 ސިފައިންވެސް މަރާލާފައިވާކަމަށެވެ. މީޑިއާތަކުން ބުނާގޮތުން މަރާލާފައިވަނީ އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ހަމަލާދިނުމާއި ހަވާލުވެގެންތިބި އެލީޓް ޔުނިޓެއްގައި ހިމެނޭ ބައެކެވެ.

އިސްރާއީލުން ބުނާގޮތުން ހިޒްބުﷲ ޖަމާއަތުން ދިޔައީ އެ ގައުމުގެ ތެރެއަށް ވަދެގަނެ އާންމުން މެރުމަށް ރާވަމުންކަމަށެވެ. އަދި މިއީ އެންމެ ފަހުގެ ހަމަލާކަމަށްވާއިރު ގޮވާ ޒާތަށް ފަރުމާކޮށްފައިވާ ޕޭޖަރުތަކެއް ގޮއްވާލައިގެން ދެ ދުވަހެއްގެ މަތިން ދީފައިވާ ހަަމަލާތަކުގައި ސިނިއާ އާއި މިޑްލެވަލް ކޮމާންޑަރުން ހިމެނޭޙެން 26 މީހަކު މަރާލާފައިވާކަމަށާއި ވޯކީ ޓޯކީތައްވެސް ގޮވިކަމަށް ބުނެފައިވެއެވެ. މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން އެ ހަމަލާތަކަކީ ހިޒްބުﷲ ޖަމާއަތުގެ ކޮމާންޑް އެންޑް ކޮންޓްރޯލް ބާރު ކަނޑުވާލުމަށާއި ބަލިކަށިކޮށްލުމަށް ކަމަށް ބުނެފައިވެއެވެ.

އިސްރާއީލުން މި ހަމަލާތަކަށް ޒިންމާ ނަގާފައިނުވާއިރު ހަމަލާތައް ކާމިޔާބުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށް ކަމުގެ މާހިރުން އެކްސްޕްރެސް ނޫހަށް މައުލޫމާތު ދިނެވެ. އެގޮތުން އެއްވެސް ހުރަހެއް ނެތި ޕޭޖަރު އުފައްދާ ފެސިލިޓީއެއްގައި ހަރަކާތްތެރިވާންޖެހޭނެކަމަށް ބުނެފައިވާއިރު އެ ބްރޭންޑުގެ ޕޭޖަރުތަކެއްގެ ބެޓަރިތައް ބަދަލުކޮށް ކުދި ބެޓަރި ލައްވައި، 25 ގްރާމްގެ ގޮވާތަކެތި އެޅުމަށް ޖާގައެއްވެސް ހަދަންޖެހޭކަމަށްވެސް ބުނެފަިއވެއެވެ.

ނޫސްތަކުން ބުނާގޮތުން ހިޒްބުﷲ ޖަމާއަތުން މި ތަކެތި ހޯދާފައިވަނީ މީގެ ފަސް ވަރަކަށް މަސް ދުވަސް ކުރިންނެވެ. އަދި އެ ޖާމާއަތުން ހީކުރީ ޓައިވާނުގެ ގޯލްޑް އެޕޯލޯ ކިޔާ ކުންފުންޏަކާއި މުއާމަލާތްތައް ކުރެވެމުންދާ ކަން ކަމަށްވެސް ސަލާމަތީ ހިދުމަތްތަކުގެ ހަރަކާތްތެރިވާ ފަރާތަކުން ހާމަކޮށްފައިވާކަމަށެވެ. އަދި ވޯކީޓޯކީތައްވެސް ގަތީ ދާދި އެއް ވަގުތެއްގައިކަމަށްވާއިރު އެތަކެތީގައި ހުރީ ޖަޕާނުގެ ކުންފުންޏެއްކަމަށްވާ އައިކޮމްގެ އިތުރުން ޖަޕާނުގައި އުފައްދާފައިވާކަމުގެ ލޭބަލްއެއްވެސް ހަރުކޮށްފައިކަމަށާއި އެ ދެ ކުންފުނިންވެސްވަނީ ގޮވާގޮތަށް ހިމަނާފައިވާ ބައިތައް އެ ކުންފުނިތަކުގެ ފެކްޓްރީއެއްގައި އުފައްދާފައި ނުވާކަމަށް ބުނެފައިކަމަށްވެސް ރިޕޯޓުގައިވެއެވެ.

މަޝްހޫރު ފިލްމް ހާޓްލޮކާރ އުފެއްދުމަށްޓަކައި ހިޔާލު ލިބިގެންދިއުމުގެ އަސްލުކަމަށްވާ، ކުރީގެ އާރމީ ބޮމް ޑިސްޕޯސަލް އެކްސްޕާޓް މޭޖާރ ކްރިސް ހަންޓާ ނޫހަށް މައުލޫމާތު ދިންގޮތުން، ޕޭޖަރުތަކެއް ބޭނުންކޮށްގެން މިފަދަ ހަމަލާއެއް ދުނިޔޭގެ އެއްވެސް ތަނެއްގައި ހަމަލާއެއް ދީފައިނުވާނެކަމަށެވެ. އަދި ދެ ކުޑަކުއްޖަކު ނިޔާވުމުގެ ހިތާމަވެރި ހާދިސާވެސް ހިނގާފައިވާނަމަވެސް ޕޭޖަރުތަކުގައި ހުރި ގޮވާ ތަކެތީގެ އަދަދުތައް ހުރީ ވަށައިގެންވާ މާހައުލަށް ގެއްލުން ނުލިބޭ މިންގަނޑެއްގައިކަމަށާއި ސީދާ ހަރުކޮށްފައިވާ ތަނަށް ގެއްލުން ލިބުމުގެ އިތުރުން އާންމުކޮށް ގެއްލުން ލިބޭ މިންގަނޑުތައް ދަށްވާނެކަމަށެވެ.

އޭނާ ބުނެފައިވާގޮތުން، ފަސްޓް ވޯލްޑުގެ ގޮތުގައި ކިޔޭ ކޮންމެ ގައުމެއްގެ އިންޓެލިޖެންސް އެޖެންސީއެއްގައިވެސް މިފަދަ ކަމެއް ހިންގުމުގެ ގާބިލުކަން ހުރިކަން ގިނަ މީހުންނަށް ނޭނގޭކަމަށެވެ. އަދި އެފަދަ ބަޔަކަށް ކޮންމެ ކަރަންޓު ވަސީލަތެއްވެސް ގޮވާ އެއްޗެއްގެ ގޮތުގައި ފަރުމާކުރެވިދާނެކަމަށާއި މިފަދަ ހަމަލާއެއް ދިނުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން އެވަގުތު އުފެއްދި ހުރިހާ ޕޭޖަރަކާއިވެސް ކުޅެފައިހުރުން އެކަށީގެންވާކަމަށެވެ.

އެހެންނަމަވެސް އެތަކެތި ގޮއްވާލަނީ ނަންބަރުތައް އެސައިންކޮށް ބޭނުންކުރަން ފެށުމުން ވަކި ޓާކެޓުތަކެއް ކަނޑައަޅައިގެންކަމަށްވުމުން ބާކީ ތިބި ތަކެތި ނުގޮވާ ހުންނާނެކަމަށާއި އެހެންކަމުން ގޮވުމުގެ ފުރުސަތު އޮތް އެތައް ޕޭޖަރެއް ލުބުނާނުގެ ރައްޔިތުންގެ ތެރޭގައި ގެންގުޅެމުންދިއުން އެކަށީގެންވާކަމަށްވެސް މައުލޫމާތު ދިނެވެ.

މި ހަމަލާތަކާއިމެދު އެއްޗެއް ބުނެފައިނުވާނަމަވެސް އިސްރާއީލުގެ ޑިފެންސް މިނިސްތަރު ޔޯވް ގަލަންޓުވަނީ ސަރަހައްދީ ހަނގުރާމައިގެ އައު ފިޔަވެއްސަކާއި ހިސާބަށް ގޮސްފައިވާކަމަށް ބުނެފައެވެ. އަދި މިހާރު އުތުރަށް ޖެހި ލުބުނާނުގެ ބޯޑަރާއި ގާތުގައި މަސްރަހު ހޫނުވަމުންދާއިރު އެންމެ ފަހުން ދިން ހަމަލާތަކުގައި ދެކުނު ލުބުނާނުގެ 300 އަމާޒަކަށް އިސްރާއީލުން ވާސިލުވެފައިވާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. ޕޭޖަރުތައް ބޭނުންކޮށްގެން ދިން ހަމަލާގައި އަނިޔާވި މީހުންގެ އަދަދުތައް 4000 އަށްވުރެ އިތުރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: