ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެރިކަލްޗަރ ކުރުމަށް މޫދުކޮށި ވިއްކުމަށް ހުޅުވައިލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ޤާއިމުކޮށް ތަރައްޤީ ކުރުމަށްޓަކައި، މެރިކަލްޗަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މޫދު ކޮށްޓާއި ދިރޭ ފާނަ ވިއްކުމުގެ ޕްރޮގުރާމެއް ހިންގުމަށް ގަސްދުކޯށް އެތަކެތި ގަތުމަށް އެދި ނަންނޯޓު ކުރުމަށް ހުޅުވައިލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީ ނެރުނު ޢިއުލާނެއްގައިވަނީ، މޫދު ކޮށްޓާއި ދިރޭ ކުދި ފާނަ އަމިއްލަ ފަރާތްތަކަށް ލިބޭނެގޮތް ހެދުމުގެ މަގުޞަދަކީ ފާނަ ބޮޑުކޮށްގެން މެރިކަލްޗަރގެ ވިޔަފާރި ކުރުމަށް މަގު ފަހިކޮށްދުމަށް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން، 3 މީޓަރ 3 މީޓަރުގެ 8 ގޮޅި ހިމެނޭ (ޖުމްލަ 72 އަކަ މީޓަރު) ގެ ޖުމްލަ 57 މޫދުކޮށި ކޮށީގެ ފްރޭމާއި ދާގަނޑުތަކާއި ވަލާއި ނަގިލި ހިމެނޭގޮތަށް، ކޮށިސެޓެއް 100,000.00ރ (އެއް ލައްކަ ރުފިޔާ)ގެ މަގުން ވިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. މޫދުކޮށި ވިއްކުމަށް ހަމަޖެހިފައިވަނީ ކޮށީގެ އަގު ދައްކާ ޚަލާސްކުރާ ތަރުތީބުން ނެވެ. އަދި މި ޕްރޮގުރާމްގެ ދަށުން ގަންނަ މޫދު ކޮށި ކ. މަނިޔަފުށިން ގެންދިއުމުގެ އިންތިޒާމު ހަމަޖއްސަން ޖެހޭނީ ކޮށި ގަންނަ ފަރާތުން ކަމަށް ވަނީ ބުނެފައެވެ.

ކުދި ފާނަ ވިއްކުމަށް ހަމަޖެހިފައިވަނ،ީ ކ. މަނިޔަފުށީގައި ހިންގާ ރިސާރޗް ހެޗަރީގައި ކުރިއަށްގެންދާ ފާނަ އާލާކުރުމުގެ ރިސާރޗް ޕްރޮގްރާމުގެ ތެރެއިން އުފެއްދޭ މިންވަރަކުން ބޮޑު މިނުގައި 0 ސެންޓިމީޓަރާއި 10 ސެންޓިމީޓަރާ ދެމެދުގެ ފާނައެއް 15ރ. (ފަނަރަ) ރުފިޔާ ގެ މަގުން، ފާނަ ގަތުމަށް ޝައުގުވެރިކަން ފާޅުކުރާ ތަރުތީބުންނެވެ.

ފިޗަރީސް މިނިސްޓަރީން ބުނެފައިވަނީ މޫދު ކޮށްޓާއި ކުދި ފާނަ ގައްނަން އެދޭ ފަރާތްތަކުން އެ ވުޒާރާގެ އެޑްމިން އީމެއިލް މެދުވެރިކޮށް ހުށައެޅޭނެ ކަމަށެވެ. އަދި މޫދު ކޮށި ނުވަތަ ކުދި ފާނަ ގަތުމުގެ ކުރިން، އެތަކެތި ބައްލަވައި ލެއްވުމަށް
ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު 3322242/3339251 ފޯނަށް ގުޅައިގެން ތާރީހާއި ވަގުތު ހަމަޖައްސެވުމަށްފަހު ކ. މަނިޔަފުށްޓަށް ޒިޔާރަތް ކުރުމުން ކޮށިތަކާއި ފާނަ ބައްލަވައި ލެއްވުމުގެ އިންތިޒާމު ހަމަޖައްސައި ދެވޭނެ ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: