ސަރަހައްދީ ހަނގުރާމައިގެ ތެރެއަށް ސީރިއާވެސް ވަދެދާނެކަމުގެ ބިރު އޮތްކަމަށް އެ ގައުމުން އދއަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ގެއިރް ޕީޑަރސަން ބުނެފިއެވެ.
ރިޕޯޓުތަކުގައިވާގޮތުން، ސީރިޔާއިން ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ގެއިރްވަނީ އެގައުމުގައި ބޮޑުވެފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ މައްސަލައަށް އަލިއަޅުވައި، އެތަނަކީ އަދިވެސް އިންތިހާއަށް ގޯސް ހާލަތެއްގައި އޮތްތަނެއްކަން ހަނދާނުގައި ބެހެއްޓުމަށް އދގައި އިލްތިމާސްކޮށްފައެވެ. އެގޮތުން އެތައް މިލިއަން ބަޔަކު ސަރުކާރުގެ ބެލުމުގެ ދަށުގައިވާއިރު އެތައް މިލިއަން ބަޔަކު އެ ބާރުތަކުގެ ބޭރުންވެސް ހަރަކާތްތެރިވަމުންދާކަމަށާއި ބޭރު ގައުމުތަކުގައިވެސް ތިބިކަމަށެވެ.
އޭނާ މައުލޫމާތު ދިންގޮތުން، އެ ގައުމު އޮތީ ހަނގުރާމައިގެ ސަބަބުން 4 ސަރަހައްދަކަށް ބެހިފައިކަމަށާއި 6 ބޭރުގެ އަސްކަރީ ޖަމާއަތަކުން އެތަނުގައި ހަރަކާތްތެރިވަމުންދާކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުގެ އެދުމުގެ މަތިން އައިސްފައިވާ ފަރާތްތަކާއި، ސިރިޔާގެ ހަތިޔާރު އެޅި ގުރޫޕުތަކާއި އދ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާފައިވާ މީހުން ހިމެނޭކަމަށްވެސް ފާހަގަކުރިއިރު ސަރަހައްދުގައި ކުރެވެމުންދާ ހަނގުރާމަ ފުޅާވެ ސީރިޔާވެސް އެކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު އޮތްކަމަށް ގެއިރް އިޝާރާތްކުރިކަމަށް ރިޕޯޓުތަކުގައިވެއެވެ.
ސީރިޔާގެ ވެރިރަށް ދިމިޝްގަށް ދިން ހަމަލާގެ މައްޗަށް އަލިއަޅުވައި އޭނާ ބުނެފައިވާގޮތުން، އެކަމުގެ ސަބަބުން ހަނގުރާމަ އިތުރަށް ފުޅާވެ ސީރިޔާގެ ރައްޔިތުންވެސް ނުރައްކަލަށް ހުށައެޅިގެންދިއުމުގެ ފުރުސަތު އޮތްކަން ސާފުވާކަމަށެވެ. އަދި މިހާރުން މިހާރަށްވެސް މައްސަލަ ހައްލުކުރުމަށް މަސައްކަތްތައްކޮށް ޣައްޒާގައި ހަމަލާ ބަދަލުކުރުންތައް ހުއްޓާލަންޖެހޭކަމަށެވެ.

