ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ޕީއެންސީއާއި ގުޅެމުން، އެއީ ސަރުކާރަށް އިތުބާރު ކުރާތީ: މުހައްމަދު އިސްމާއިލް

މެމްބާޝިޕް އިތުރު ކުރުމުގެ ހަރަކާތުގެ ތެރެއިން/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިސް ރިސެސްއަށް ދިޔަ ފަހުން، ސަރުކާރުގެ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެމްބާޝިޕް އިތުރު ކުރުމުގެ މަސައްކަތަށް ރައްޔިތުންގެ ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށާއި، އެއީ ސަރުކާރަށް އިތުބާރު އޮތް ކަމުގެ ހެއްކެއްކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ މެމްބާޝިޕް އިތުރު ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ޕާޓީން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ކޮންމެ ހަފްތާއަކު ވެސް ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން އިއްޔެގެ މަސައްކަތުން ހާހަކަށް ވުރެ ގިނަ ރައްޔިތުން ޕީއެންސީއަށް ވަނީ ސޮއިކޮށްފަ އެވެ.

ސަންގުއާއި ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ ޕާޓީން ކުރަމުންދާ މި މަސައްކަތަކީ ރާއްޖެއަށް މަލްޓި ޕާޓީ ސިސްޓަމާއި އެ ޑިމޮކްރަސީ ގެނެވުނު ފަހުން ރައްޔިތުން އެ ބޭނުންވި ބަދަލު ގެނެވިފައި ނުވާތީ އެކަން ހައްލު ކުރުން ކަމަށެވެ. ރާއްޖެއަށް ބޭނުންވާ ތަރައްގީއަކީ ކޮބައިކަން ދެނެގަނެ، ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް ސަރުކާރުތަކުންވެފައި ވަނީ ހުސް ވައުދުތަކެއްކަން ރައްޔިތުން މިއަދު ގަބޫލު ކުރާކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

ސަރުކާރާއި ހަވާލުވެ ރައީސް މުއިއްޒު ކުރައްވާ ކޮންމެ މަސައްކަތެއް ގުޅިފައި ވަނީ އެމަނިކުފާނު ރައްޔިތުންނަށްވެފައިވާ ވައުދަތަކާއިކަމަށާއި، މި ނުވަ މަސް ދުވަހުގެ ތެރޭގައި އެކަންކަމަށް އިސްކަން ދެއްވާފައިވާކަން ރައްޔިތުން ވެސް ގަބޫލު ކުރައްވާނެކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ދީ، ރައްޔިތުން ހަވާލު ކުރައްވާފައިވާ މަސައްކަތުގެ ތެރޭގައި، އެމަނިކުފާނު މިއަދާއި ހަމައަށް އައިއިރުގަ ވިދާޅުވި.. ކެމްޕެއިނުގެ ތެރޭގައި ވިދާޅުވި އެންމެހާ ކަންކަން މި ނުވަ މަސް ދުވަހުގެ ތެރޭގައި އެންމެ ފުރަތަމަކަމުން ފެށިގެން މިއަދާއި ހަމައަސް ކުރެވެމުންދާކަން ރައްޔިތުން އެބަ ގަބޫލު ކުރޭ…

މުހައްމަދު އިސްމާއިލް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިޔަފަހުން، މެމްބަރުން ހިމެނިގެން ކުރާ މަސައްކަތުގައި ފަސް ހާހަށް ވުރެ ގިނަ ފޯމު ވަނީ ލިބިފައެވެ. މިއީ ހަމައެކަނި މާލޭގެ ސަރަހައްދުން އެއް ކުރެވުނު ފޯމުތައްކަމަށާއި، ރާއްޖޭގެ އެކި ރަށްތަކުގައި ވެސް މެމްބަރުން ދަނީ ހަރަކާތްރައް ހިންގަމުންކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. މިކަމުން ދޭހަވަނީ ރައީސް މުއިއްޒާއި މެދު ރައްޔިތުން ގެންގުޅޭ އިހުތިރާމާއި އިތުބާރުކަމަށާއި، ރައްޔިތުން ދެމިތިބީ ސަރުކާރާއި އެކުކަން އެނގިގެންދާކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބެއް ވެސް ކުރިޔަށް އޮތް އިރު، މެމްބާޝިޕް އިތުރު ކުރުމުގެ މަސައްކަތަކީ ވަކި ހަރަކާތެކެވެ. ރައީސް ޑރ. މުއިއްޒުގެ އަމާޒަކީ އެމަނިކުފާނުގެ ވެރިކަމަށް އަހަރެއް ފުރޭއިރު ޕީއެންސީގެ މެމްބާޝިޕްގެ އަދަދު 75،000 އަށް އެރުމެވެ. އެކަން ހާމަކުރައްވައި ޕާޓީގެ ޖަލްސާއެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ އޮތް ޕާޓީ ނިޒާމުގެ ތެރެއިން މަސައްކަތް ކުރުމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ޕީއެންސީގެ ސިޔާސީ ހަރަކާތް ރައްޔިތުން ބަލައިގަތުން ކަމަށެވެ. ޕާޓީގެ މެމްބާޝިޕް އިތުރު ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގައި އިލެކްޝަންސް ކޮމިޝަނާއި ހަމައަށް ސައްހަ ނޫން އެއްވެސް ފޯމެއް ނުދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވެރިކަމަށް އަހަރެއް ފުރެން ގާތްވެފައިވާއިރު، ރައީސް ވިދާޅުވީ އެމަނިކުފާނު އެންމެ ދެކެން ބޭނުން ވަނީ ޕާޓީގެ މެމްބާޝިޕްގެ އަދަދު 75،000 އަށް އެރުން ކަމަށެވެ. އެއީ ސިޔާސީ ޕާޓީއެއްގެ މަސައްކަތެއްގެ ތެރެއިން ރައްޔިތުން އެންމެ ބަލައިގަންނަ އަދި ބޭނުންވާ މަސައްކަތެއް ކުރަނީ ޕީއެންސީއަށް ވާތީކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: