އުންމީދަކީ ލަންކާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވެ، އެކުގައި މަސައްކަތް ކުރުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ސްރީލަންކާގެ އިންތިހާބީ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެއަށް ފޮނުއްވި މަރުހަބާގެ މެސެޖުގަ އެވެ.
ސްރީލަންކާގެ ރިޔާސީ އިންތިހާބު ނިމި، ވަގުތީ ނަތީޖާތައް އިއުލާނުކޮށްފައިވާއިރު، ނަތީޖާތަކުން ދައްކާގޮތުން އެ ގައުމުގެ ”ނޭޝަނަލް ޕީޕަލްސް ޕަވާ“ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރެއްކަމަށްވާ އަނޫރަ ކުމާރަ ވަނީ އިންތިހާބު ކާމިޔާބުކޮށްފައެވެ.
ރައީސް ޑރ މުއިއްޒުވަނީ މިކަމާއި ގުޅިގެން ސޯޝަލްމީޑިއާ މެދުވެރިކޮށް ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ. ރައީސް ވިދާޅުވީ، އެ ގައުމަކީ އަވަށްޓެރި ގައުމެއްކަމަށްވުމުން އިންތިހާބު ވެވަޑައިގެންފައިވާ ރައީސް އަނޫރަ އާއިއެކު މަސައްކަތްކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންނާކަމަށާއި ދެ ގައުމުގެ ދެމެދު އޮތް ތާރީހީ ގުޅުން އިތުރަށް ވަރުގަދަކުރައްވަން ބޭނުންވެވަޑައިގަންނަވާކަމަށެވެ.
ރައީސް ވިދާޅުވީ، އައު މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި އޭނާއަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށެވެ.
ސްރީލަންކާގެ އައު ރައީސް އަނޫރަ ކުމާރަ މަގާމުގެ ހުވާ ކުރެއްވުމަށް ކަނޑައެޅިފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައިކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. މި އިންތިހާބުގައި ދެވަނައަށް އައިސްފައިވަނީ އޮޕޮޒިޝަން ލީޑަރުގެ ގޮތުގައި ހުންނެވި ސަޖިތް ޕްރޭމަދާސައެވެ. އަދި ތިންވަނަ އަށް އެންމެ ގިނައިން ވޯޓު ލިބުނީ އިތުރު ދައުރެއް ހޯއްދެވުމުގެ ގޮތުން މަސައްކަތްކުރައްވަމުންދިޔަ އެ ގައުމުގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަކަން ފާހަގަކުރެވެއެވެ.

