ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މިދިޔަ ޖުލައި 24 ފެ ފަތިހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ފްލައިޓަކުން އައި ތިން މީހެއްގެ އަތުން މަސްތުވާތަކެތި ފެނިފައި ވާ މައްސަލައިގައި ދައުވާކޮށް ދޭން އެދި ފޮނުވާފައި ވަނީ އިއްޔެ އެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމައި، މޮލްވި މުޙައްމަދު ހާރޫން (49އ) ޕާކިސްތާން، ވ. ސިނަމާލެ 4 3-03 ޝާހިލް މުޙައްމަދު (40އ) އަދި ހދ. ކުމުންދޫ / ނަރުގިސްވިލާ، އަޙްމަދު ޢައްފާނު (25އ) ގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ފޮނުވުމުން އެ މައްސަލަ ބަލައިގަނެފައިވާކަމަށެވެ.

