ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ޔޫރަޕިއަން ކޮމިޝަންގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދީފި

ރައީސުލްޖުމްހޫރިއްޔާ ޔޫރަޕިއަން ކޮމިޝަންގެ ރައީސާ ބައްދަލުކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ޔޫރަޕިއަން ކޮމިޝަންގެ ރައީސާ ހަރ އެކްސެލަންސީ އުރުސުލާ ވޮން ޑަ ލަޔަންއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ލީޑަރުންވެސް ވަނީ ޔޫރަޕިއަން ޔޫނިއަންއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ބަދަހި އަދި ހަރުދަނާ ގުޅުމަށް ތަޢުރީފުކުރައްވައި، ދެފަރާތުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ މި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ ހުށަހަޅުއްވާ، ރާއްޖޭގެ ތަރައްޤީއަށް އިތުރު އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ފާހަގަކުރައްވާފައެވެ.

އެގޮތުން ދިވެހިރާއްޖެއިން ވިލާތުގެ އިއްތިހާދަށް ބޭރުކުރާ ކަނޑުމަހަށް ކަނޑައަޅާފައިވާ 24 އިންސައްތައިގެ ޓެރިފްގެ ސަބަބުން ދިވެހިރާއްޖެއިން އީޔޫ މާކެޓަށް ވާދަވެރިކަމާއެކު މަހުގެ އުފެއްދުންތައް ނެރުމަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވާ އެކަމުގެ ކަންބޮޑުވުން ހިއްޞާކުރެއްވިއެވެ.

މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭގެއްލުންތައް ކުޑަކުރުމަށް ރާއްޖެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސާ ދެއްކެވި ވާހަކަފުޅުގައި، އެ ކޮމިޝަންގެ ފުރިހަމަ އެއްބާރުލުން ދިވެހިރާއްޖެއަށް ލިބިގެންދާނެކަމުގެ ޔަޤީންކަންދެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކާއި، ސިޔާސަތުތަކަށް ތަޢުރީފުކުރައްވައި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދެއްވެންހުރި އެހީތެރިކަމެއް ދެއްވާނެކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެފަރާތުގެ މެދުގައިވާ ގުޅުންތައް އިތުރަށް ބަދަހިކޮށް، ގުޅިގެން ކުރިޔަށްއޮތްތަނުގައިވެސް އެކުގައި އިތުރު މަސައްކަތްތައް ކުރުމުގެ އުންމީދު އައުކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: