ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އދ އަށް ކުރައްވާ ދަތުރުފުޅުގައި ގައުމުތަކުގެ އިސްވެރިންނާއި ބައްދަލު ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ގެ 79ވަނަ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެކި ގައުމުތަކުގެ އިސްވެރިންނާއި ބައްދަލު ކުރައްވައިފިއެވެ.

ރައީސް ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި އޮމާންގެ ޚާރިޖީ ވަޒީރު ސައްޔިދު ބިން ޙަމަދް ބިން ޙަމޫދް އަލްބުސައިދީއާއި، ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާދް އަލް-ސަޢޫދްއާއި، ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ވޮން ޑަ ލަޔަންއާއި،  ފަލަސްޠީނުގެ ރައީސް، ޑޮކްޓަރ މަޙްމޫދު ޢައްބާޞްއާއި، ކުވޭތުގެ ވަލީޢަހްދު ޝައިޚް ޞަބާޙް އަލް ޚާލިދު އަލް ޙަމަދު އަލް މުބާރަކް އަލް ސަބާޙްއާ އަދި ޗައިނާގެ ޚާރިޖީ ވަޒީރު، ވަންގ ޔީ ހިމެނެއެވެ.

އޮމާންގެ ހާރިޖީ ވަޒީރާއި ބައްދަލުކުރައްވާ ރައީސް ވަނީ ދިވެހިސަރުކާރުގެ ތަރައްޤީގެ އެޖެންޑާ ޙިއްސާކުރައްވާފައެވެ. އަދި އޮމާންގެ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އެޤައުމުގެ ސަރުކާރަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ބަޖެޓް ސަޕޯޓާއި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި ޓީޗަރުން ތަމްރީނުކުރުމާއި އިންސާނީ ވަޞީލަތް ތަރައްޤީ ކުރުން ފަދަ ރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރައްވާފައެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރާއި ބައްދަލު ކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން ފާހަގަކުރައްވައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ސަޢޫދީ ޢަރަބިއްޔާއިން މެދުކެނޑުމެއްނެތި ވެދެއްވަމުންގެންދަވާ އެހީތެރިކަމަށްޓަކައި އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ފިސްކަލް ރިފޯމާއި ތަޢުލީމާއި ޞިއްހަތާއި އިޤްތިޞާދީ ތަރައްޤީއާ އަދި ޙައްޖުގެ އަޅުކަމާގުޅޭ ކަންކަން ފަދަ ދިވެހިރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި އެޤައުމުގެ ސަރުކާރުން އެކިއެކި ދާއިރާތަކުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން އެގޮތުގައި ކުރިއަށް ގެންދަވާނެކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އާއި، ފަލަސްޠީނުގެ ރައީސް، ކުވޭތުގެ ވަލީޢަހްދު އަދި ޗައިނާގެ ހާރިޖީ ވަޒީރާއި ބައްދަލު ކުރައްވާ ރާއްޖެއާއި އެގައުމު ތަކުގެ ހާރިޖީ ގުޅުން އިތުރަށް ވަރުގަދަ ކުރައްވާ މުހިންމު ކަންކަމާމެދު ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ހުރިހާ ބައްދަލުކުރެއްވުމެއްވެސް ނިންމާލައްވަމުން ގައުތަކުގެ އިސްވެރިން ވަނީ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރެއްވުމާއި ދެ ޤައުމުގެ ސިޔާސީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: