ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދ. ގެ އާންމު މަޖިލީހުގައި ރައީސް ދެއްވި ތަގުރީރަށް ފަހުރުވެރިވޭ: ޕީއެންސީ

އދ. ގެ އާއްމު މަޖިލީހުގައި ރައީސް ތަގުރީރުކުރެއްވުން ---- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއާއި ގެންގުޅުއްވާ ތަސައްވުރާއި، ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ބޮޑެތި ކަންކަން އަދި މިހާރުން މިހާރަށް ގެންނަން ޖެހޭ ނިޒާމީ އިސްލާހުތައް އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަގުރީރަށް ފަހުރުވެރިވާކަމަށް ވެރިކަން ކުރާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފި އެވެ.

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަގުރީރާއި ގުޅޭގޮތުން ޕީއެންސީ ނެރުނު ބަޔާނުގައި ވަނީ ގައުމުގެ ތަސައްވުރާއި އެކު އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރާއި، ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ބޮޑެތި ކަންކަން އަދި މިހާރުން މިހާރަށް ގެންނަން ޖެހޭ ނިޒާމީ އިސްލާހުތަކަށް އެމަނިކުފާނު އަލިއަޅުއްވާލައްވާފައިވާކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭ މުނާސަބަތު އިހުތިފާލު ކުރާ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމުތަކުގެ ސަފުން ޖާގަ ކަށަވަރުވެފައިވާ ގައުމެއްކަމަށް ހެދުމަށް ރާއްޖޭގެ މުވައްސަސާތައް ހަރުދަނާ ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާކަމަށެވެ. އަދި ޑިޖިޓަލް ކުރިއެރުން ކަށަވަރުކޮށްދެއްވައި ޒަމާނީ ޓެކްނޮލޮޖީގެ ފަހިކަން ދިވެހިންނަށް ލިބޭނެ ސިޔާސަތުތައް ބައްޓަން ކުރައްވާނެކަމަށް ރައީސް އިއުލާނު ކުރެއްވުމަކީ މިއަދުގެ ޒުވާނުންނާއި އަންނާން އޮތް ޖީލުތަކަށް ލިބިގެން ދިޔަ އުފާވެރި ހަބަރެއްކަމަށެވެ.

ދިވެހިރާއްޖޭގެ އިގްތިސާދަކީ ވިލުންތެރި އިގްތިސާދަކަށް ބަދަލު ކުރެއްވުމަށް އައު ސިނާއަތްތައް ތައާރަފު ކުރެއްވުމަށް މާލީ ހިދުމަތްތަކުގެ ދާއިރާ ފުޅާ ކުރުމަށް ޑިވެލޮޕްމަންޓް ބޭންކު ގާއިމު ކުރެއްވުމާއި އެކު އެންމެނަށް ވެސް ހަމަހަމަކަމާއި އެކު ފުރުސަތު ލިބޭ އިގްތިސާދެއް ބިނާކުރުމަށް ގެންގުޅުއްވާ ސިޔާސަތާއި ހުރިހާ ދިވެހިންނަށް ގެދޮރުވެރިކަން ފޯރުކޮށްދެއްވުމަށް ގެންގުޅުއްވާ ތަސައްވުރު ހާމަކުރުމަކީ ވެސް ލިބިގެން އިތުބާރެއްކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ބަޔާނުގައި ބުނެފައި ވަނީ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމުން އީޖާދީ ވިސްނުންތަކާއި، އުފެއްދުންތެރިކަމުގެ މައްޗަށް ބިނާވެފައިވާ އައު ސިނާއަތްތައް ތައާރަފު ކުރައްވާނެކަމަށެވެ. މިއާއި އެކު ރައީސްގެ ތަގުރީރުގައި ދުނިޔޭގެ ހާލަތަށް އަލިއަޅުއްވާލައްވައި  2015 ވަނަ އަހަރު އެކުލަވާލި ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތައް ހާސިލުކުރުމުގައި ދުނިޔެ ނާކާމިޔާބުވަމުންދާކަން، ފާހަގަކުރައްވަމުން އެގޮތުގައި ހުސް ވައުދުތަކެއްވުމުގެ މަތީގައި ދެމިތިބެވެން ނެތްކަމަށް ހަމަކުރައްވައި އަމަލީ ގޮތުން ނަތީޖާ ނެރުމަށް މުޅި ދުނިޔެއަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިކަން ބަޔާނުގައި ފާހަގަކުރި އެވެ..

ޕީއެންސީގެ ބަޔާނުގައި ބުނެފައި ވަނީ ރައީސް މުއިއްޒުގެ ތަގުރީރާއި މެދު އެ ޕާޓީގެ ލީޑާޝިޕާއި އާންމު މެމްބަރުން ފަހުރުވެރިކަމާއި އެކުކަމަށެވެ. އަދި އެ ޕާޓީގެ އެންމެހައި މެމްބަރުންގެ ނަމުގައި، އެކަމަށް މަރުހަބާ ކިޔާކަމަށް ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: