ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި ސިންގަޕޫރު ދެމެދު އިތުރަށް ގުޅުން ބަދަހިކުރަން މަޝްވަރާ ކޮށްފި

ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު ސިންގަޕޫރުން އދގެ ބައްދަލުވުމަށް ވަޑައިގެން ތިއްބެވި މަންދޫބުންނާއި ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީއިން މީޑީއާތަކަށް ހާމަކޮށްފައިވާގޮތުން، ރައީސް މުއިއްޒު ބައްދަލުކުރައްވާފައިވަނީ ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ޑރ ވިވިއަން ބާލަކްރިޝްނަންއާއި ކަމަށެވެ. އަދި މިއީ އެ ވަފުދުން ރައީސްގެ އަރިހަށް ކުރި އިހުތިރާމްގެ ޒިޔާރަތެއްކަމަށެވެ. އަދި މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ދެ ފަރާތުގެ މަސްލަހަތުވެސް ދެމެހެއްޓިގެންދާ ނިޒާމެއްގެ ތެރެއިން ދެމެހެއްޓިނިވި ގޮތެއްގެ މަތިން ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވާކަމަށެވެ.

އދގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު އެމެރިކާ އަށް ކުރައްވާފައިވާ ދަތުރުގައި ގައުމުތަކާއި ވުޒާރާތަކުގެ އިސްވެރިންނާއިއެކު ބައްދަލުވުންތައް ކުރިއަށް ގެންދަވާފައިވެއެވެ. މީގެ ތެރޭގައި ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔީ ގެ އިތުރުން އދގެ ޖެނެރަލް ސެކްރެޓަރީ އެންޓޯނިއޯ ގުޓޭރެޒް އަދި ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އާރސަލާ ވޮން ޑަ ލަޔަން އާއި ބައްދަލުކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: