ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައްހަ ނޫން ބަޔާނެއް ދައުރުކުރި މައްސަލައިގައި ތޮއްޔިބު ފުލުހަށް ހާޒިރުކޮށްފި

ތޮއްޔިބު ޝަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ނަމުގައި ސައްހަ ނޫން ބަޔާނެއް ދައުރުކުރި ކަމަށް ބުނާ މައްސަލާގައި، ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ އިދާރާއަށް ތޮއްޔިބު ހާޒިރުކޮށް، ސުވާލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.

އެ މައްސަލާގައި ފުލުހުން ކުރިން ވަނީ ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކް ސާމާނުތައް ހިފަހައްޓައިފަ އެވެ. އޭރު ތޮއްޔިބްގެ ފޯނާއި ލެޕްޓޮޕާއި ހާޑްރައިވަކާއި ފަސް ޕެންޑްރައިވެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަން ވަނީ އެނގިފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ތޮއްޔިބުގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފެހެއްޓި އެވެ.

މި ސަރުކާރު ވެރިކަމަށް އައިސް، ތޮއްޔިބަށް ސްޓެލްކޯގެ ބިއުރޯގެ ސާވިސް ސުޕަވައިޒަރުގެ މަގާމު ދިން ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން އެ މަގާމުން އޭނާ ވަކިކުރި އެވެ. އެމްޑީޕީގެ ވެރިކަމުގައި ތޮއްޔިބު ހުރީ ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: