ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނި އިތުރުވުމަކީ މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ދަތިކަމެއް: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަނީގެ އަދަދުތައް އިތުރުވުމަކީ މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ މައްސަލައެއްކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް އދއަށް ވަޑައިގަތުމާއި ގުޅުވައި ސަންގުޓީވީއިން ގެނެސްދިން ހާއްސަ ކަވަރޭޖްގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ސައީދު ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ތަގުރީރުގެ މައްޗަށް އަލިއަޅުއްވާފައެވެ. މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ބާރބަޑޯސްގައި ކުރިއަށް ގެންދިޔަ ސަމިޓުން ފަށައިގެން މިހާތަނަށް ރައީސް ގެންދަވަނީ ވަރަށް ސާބިތުކަމާއިއެކު ދިވެހިންގެ ކަންބޮޑުވުންތަކުގެ އަޑު އުފުއްލަވަމުންކަމަށެވެ.

ސައީދު ވިދާޅުވީ، މީގެ ކުރިން އަބަދުވެސް އިވޭނީ ތިމާވެށީގެ މައްސަލަތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލަ ފަދަ ކަންބޮޑުވުންތަކުގެ ވާހަކަ ކަމަށާއި އިވެނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ތެރެއިން ކަންކަމުގެ ވާހަކަ ކަމަށެވެ. އެހެންނަމަވެސް ރައީސް މުއިއްޒު ގެންދަވަނީ ދިވެހިންގެ އާބާދީ ކުޑަނަމަވެސް ރާއްޖެއަށް ލިބިގެންވާ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ޖާގައިގެ ތަނަވަސްކަން ހާމަކުރައްވާ، ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ވާހަކަ، ކުދި ގައުމުތަކަށް ކުރިމަތިވާ ދަތިތަކުގެ ވާހަކަދައްކާއިރު ހިމަނަންޖެހޭކަން ހިއްސާކުރައްވަމުންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް އެކަން ކަމާއި ގުޅޭގޮތުން ވަކާލާތު ކުރައްވަމުން ގެންދަވަނީ ވަރަށް ކެރިވަޑައިގެންކަމަށާއި ދައްކަަވަމުންދަނީ ހަމައެކަނި ތިމާވެށީގެ ވާހަކަތައް ނޫންކަމަށެވެ. ސައީދު ވިދާޅުވީ، ދެމެހެއްޓިނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ އިތުރުން ދުނިޔެއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލައިގެ މައްޗަށްވެސް އެމަނިކުފާނުގެ ތަގުރީރުގައި އަލިއެޅުއްވިކަމަށާއި އެ މައްސަލައަކީ ހަގީގަތުގައި މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ދަތިކަމެއްކަމަށެވެ.

ސައީދު ވިދާޅުވީ، ނާޒުކު އިގްތިސާދެއް އޮތް ގައުމަކަށްވުމުން ދިވެހިންނަށް ކުރިމަތިވެގެންދާ ގޮންޖެހުންތައް އިތުރުވެގެންދާކަމަށާއި ރާއްޖެއަށް ވާރުތަވެފައި އޮތް މައްސަލަވެސް އެތައް ގުނައެއް ބޮޑުވެގެންދާކަމަށެވެ. އަދި އެމަނިކުފާނު ގެންދަވަނީ އެ ވާހަކަތައްވެސް ދައްކަވަމުންކަމަށާއި އަގު ހެޔޮކޮށް ޑިވެލޮޕްމެންޓު ފައިނޭންސް މިފަދަ ކުދި ގައުމުތަކަށް ލިބެން ހުންނަން ޖެހޭކަމަށް ރައީސް ވިދާޅުވިކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެމަނިކުފާނު އެ ވާހަކަތައް ދެއްކެވީ ސާބިތުކަމާއިއެކު ކަމަށާއި ކެޕިޓަލް މާކެޓަށް ދިވެހިން ނުކުތުމަށް މަސައްކަތްކުރާއިރު ދުނިޔެއިން އަގު ހެޔޮ ގޮތެއްގައި ފައިނޭންސް ލިބޭނެ މަގު ފަހިކޮށްދޭންޖެހޭނެ ވާހަކަވެސް އެމަނިކުފާނުގެ ތަގުރީރުގައި ހިމެނުއްވިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: