ދިރާގު ޕޯސްޓުޕެއިޑް ބޭނުންކޮށްގެން އެއްވެސް ލިމިޓެއް ނެތި ގުޅައިގެން ވާހަކަ ދެއްކޭނެ ޕްލޭނެއް ދިރާގުން ތައާރަފްކޮށްފިއެވެ.
ދިރާގުން ބުނެފައިވަނީ ކަސްޓަމަރުންނަށް ބޭނުން ވަރަކަށް ވާހަކަ ދެއްކޭނީ ދިރާގު ޕޯސްޓްޕެއިޑް 1000 ޕްލޭނާއި އެއަށްވުރެ މަތީގެ ޕްލޭނަކުން ކަމަށެވެ. ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި ޕްލޭންތަކާއެކު އެއް އަގެއްގައި އިތުރު ޑޭޓާ ލިބިގެންދިއުމާއި އަދި އަންލިމިޓެޑް ކޯލްތަކާއި ޓެކްސްޓް މެސެޖްތަކާއި ސޯޝަލް މީޑިއާ ޑޭޓާ ވެސް ބޭނުންކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ދިރާގުން ބުނީ މި ޕްލޭނާއެކީ އެ ކުންފުނީގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވެ ރަނގަޅުވާނެ ކަމަށެވެ. ޕޯސްޓްޕެއިޑް 1000 ޕްލޭނާއެކު 60ޖީބީގެ ކޯ ޑޭޓާއާއި އަންލިމިޓެޑް ސޯޝަލް މީޑިއާ ޑޭޓާއާއި ހިލޭ އެސްއެމްއެސްއާއި ދިރާގުގެ ހުރިހާ ނަންބަރަކާއި އެހެނިހެން ލޯކަލް ނެޓްވޯކްތަކަށް ހިލޭ ގުޅޭނެއެވެ. ޕޯސްޓްޕެއިޑް 1700 އާއެކު 200ޖީބީގެ ކޯ ޑޭޓާގެ އިތުރުން އަންލިމިޓެޑް ސޯޝަލް މީޑިއާ ޑޭޓާ އާއި ހިލޭ އެސްއެމްއެސް އާއި ދިރާގުގެ ހުރިހާ ނަންބަރަކާއި އެހެނިހެން ލޯކަލް ނެޓްވޯކްތަކަށް ހިލޭ ކޯލް ކުރެވޭނެއެވެ.
ދިރާގު ޕޯސްޓްޕެއިޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޕްލޭން ބަދަލުކުރެވޭނެއެވެ. މި ޕްލޭންތަކާ ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓަށް ޒިޔާރަތް ކުރުމުން ލިބިގެންދާނެއެވެ.
މީގެއިތުރުން ދިރާގުން ”ވިން އަ ސްޕީޑްބޯޓް“ ގެ ނަމުގައި ވެސް އާ ޕްރޮމޯޝަނެއް މިހާރު ވަނީ ލޯންޗުކޮށްފައެވެ. މި ޕްރޮމޯޝަންގެ ދަށުން ޕޯސްޓްޕެއިޑް 400 ޕްލޭން ނުވަތަ އެއަށްވުރެ މަތީ ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް ބޮޑު އިނާމެއް ލިބުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން ބޮޑު ޕެކޭޖް ނަގާ ފަރާތަކަށް ޔަމަހާ 175އެޗްޕީގެ ދެ އިންޖީނު ހިމެނޭ އަލް ޝާލީ މެރިން މެގެލަން 32 ދޯންޏެއް ލިބިގެންދާނެއެވެ.
ފައިބަރ ބްރޯޑްބޭންޑް 30އެމް ނުވަތަ އެއަށްވުރެ މަތީގެ ޕެކޭޖުތަކަށް ސަބްސްކްރައިބް ކުރާ މީހުންނާއި 400 ނުވަތަ އެއަށްވުރެ މަތީގެ ޕްރީޕެއިޑް ޕްލޭންތައް ރީޗާޖް ކުރާ މީހުންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
އެ ޕްރޮމޯޝަންގައި ބައިވެރިވާން މިހާރު ވެސް ދިރާގު ބޭނުންކުރާ ފަރާތްތަކާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ސަބްސްކްރައިބަ ކުރަން ޖެހެއެވެ.

