ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަލި މީހާގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމަށް، ސިއްހީ ނިޒާމުގެ ހުރިހާ ފަރާތެއްގެ ޝާމިލުވުން ބޭނުންވޭ: ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަލިމީހާގެ ރައްކާތެރިކަމަށް މަސައްކަތްކުރުމަކީ ޞިއްޙީ ނިޒާމުގައި ހިމެނޭ ހުރިހާފަރާތްތަކެއްގެ ޝާމިލުވުން ބޭނުންވާކަމެއްކަމުގައި

ބަލިމީހުންނަށް ހިދުމަތް ދޭއިރު މިހާރަށްވުރެ ރައްކާތެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހުރިހާ ސިއްހީ ހިދުމަތްތެރިންނަށް ގޮވާލައްވައިފިއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫސިޓީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ބޭއްވި ”ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ކޮންފަރެންސް 2024“ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އިންތިޒާމުކޮށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއެކު ކުރިޔަށްގެންދިޔަ މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސްގެ އަނބިކަނބަލުން އައްޑޫސިޓީއަށް ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. ރައީސްގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ކޮންމެ ވަގުތެއްގައިވެސް ބަލިމީހާގެ ރައްކާތެރިކަމަށް އިސްކަންދީގެން މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

‎އެކަމަނާ ވަނީ ބަލިމީހާއަށް ފަރުވާ ދެވޭގޮތުންނާއި ދެވޭފަރުވާގެ ބާވަތުން ހަށިގަނޑަށް ބޮޑެތި ގެއްލުންވުމާއި ފުރާނައަށް ގެއްލުންވުމަކީ ބައެއް ފަހަރު ރާއްޖޭގައި ވެސް ތަޖުރިބާ ކުރެވޭކަމެއްކަން ފާހަގަކުރައްވައި ޚިދުމަތް ދިނުމުގައި ފަރުވާތެރިވެ މިފަދަ ކަންކަން މަދުކުރުމަށް ނުވަތަ ނައްތާލުމަށް އެދިވަޑައިގެންފައެވެ. އަދި އެކަމުގައި ޤައުމީ ފެންވަރުގައި ހުރިހާ ލެވެލެއްގައި މަޝްވަރާކޮށް ނިންމުންތަކެއް ނިންމައި ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް މަސައްކަތްކުރުމާއި ބަލިމީހުންގެ ސަލާމަތަށްޓަކައި އާ އުޞޫލުތަކާއި އާ ވަޞީލަތްތައް ތަޢާރަފުކުރުމުގެ މުހިންމުކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

‎މި ކޮންފަރެންސްގެ ތެރެއިން ރައީސްގެ އަނބިކަނބަލުން ވަނީ ”ޕޭޝަންޓް ސޭފްޓީ ސްޓްރެޓެޖިކް ޕްލޭން“ އިފްތިތާޙް ކޮށްދެއްވާފައެވެ. މީގެއިތިރުން އެކަމަނާވަނީ ޕޭޝަންޓް ސޭފްޓީ ކޮމިޓީ އިފްތިތާޙްކޮށްދެއްވައި އެކޮމެޓީގެ މެންބަރުންނަށް ޕިން ހަވާލުކޮށްދެއްވާފައެވެ. މި ކޮންފަރެންސްގައި ”އިމްޕްރޫވިންގ ޑައިގްނޯސިސް ފޯރ ޕޭޝަންޓް ސޭފްޓީ“ގެ ނަމުގައި ޕެނަލް ޑިސްކަޝަނެއްވެސް ބާއްވާފައިވެއެވެ.

‎މި ކޮންފަރެންސްގެ ކުރިން އެކަމަނާ ވަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި މަޢުރަޒު ބައްލަވައިލައްވާފައެވެ. އަދި އެކަމަނާ ވަނީ މަޢުރަޒުގައި ހުޅުވާފައިހުރި ސްޓޯލްތަކުން ލިބެންހުރި ޞިއްޙީ ދާއިރާގެ އެކިއެކި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތުތައް އޮޅުންފިލުއްވާފައެވެ. އަދި ކޮންފަރެންސަށްފަހު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށްވެސް އެކަމަނާ ޒިޔާރަތްކުރެއްވިއެވެ.

‎މިއަހަރުގެ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިޢާރަކީ ބަލިމީހާގެ ރައްކާތެރިކަމަށްޓަކައި ބަލި ދެނެގަތުމުގެ ގޮތްތައް ހަރުދަނާކޮށް ފެންވަރު މަތިކުރުން، މިއެވެ. ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: