ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރުމުގެ ގޮތުން ފުލުހުން ކުރިޔަށް ގެންދާ އޮޕަރޭޝަންތަކުގައި، ހައްލު ކުރަން ޖެހިފައިވާ އެންމެ ބޮޑު މައްސަލައަކީ ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރުމާއި ބޭނުން ނުކުރާ އުޅަނދުތައް މަގުމައްޗަށް ދޫކޮށްފައި ހުރުމެވެ.

މައްސަލަ ހައްލު ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތުތައް ހާމަކޮށް، ފުލުހުން ބުނެފައި ވަނީ މަގުތަކަކީ އަމާން އަދި ރައްކާތެރިތަނަކަށް ހަދައި މަގުތައް ތަރުތީބުކުރުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ. މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު ދާދިފަހުން ފުލުހުންނާއި އެޗްޑީސީ ގުޅިގެން ވަނީ ހުޅުމާލޭ މަގުތަކުގައި ހުރި ބާ އުޅަނދުތައް ވެސް ނަގާފައެވެ.

މާލެ ސަރަހައްދުގައި ވެހިކަލްތައް ގިނަވެ ތޮއްޖެހެމުންދާއިރު އެކަން ހައްލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން މާލެ ސިޓީ ކައުންސިލުންވެސް މާލެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، މާލެ ސަރަހައްދުގައި ޤަވައިދާ ޙިލާފަށް، ގިނަ ދުވަސް ވަންދެން ޕާކު ކޮށްފައިވާ އުޅަދުތައް ދަނީ ނަަގަމުންނެވެ.

ހަތަރު ފުރޮޅުލީ އުޅަދުތައް ޕާކްކުރުމަށް ވަގުތީ ބިމެއް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ. އަދި ގަވާއިދުތަކާއި އުސޫލުތަކާއި ޚިލާފަށް ބޭނުންކުރަމުންދާ އުޅަނދުތަކުގެ ރަޖިސްޓްރީއާ އެހެނިހެން ކަންކަން އިސްލާހުކުރުމުގެ މަސައްކަތް ނިމެންދެން، ވަގުތީގޮތުން އެ އުޅަނދުތައް ބޭއްވުމަށްވެސް ބިމެއް ވަނީ ހަމަޖައްސައިފައެވެ.

ހަތަރުފުރޮޅުލީ އުޅަނދު ޕާކުކުރުމަށް ހުޅުމާލެއިން ހަމަޖައްސާފައިވަނީ ހުޅުމާލެ ސަހަރާ މިސްކިތް ކުރިމައްޗަށް އޮތް 90،000 އަކަފޫޓުގެ ބިމެވެ. އެ ބިމުގެ 50،000 އަކަފޫޓް ޚާއްސަކޮށްފައިވަނީ ޓެކްސީތައް ފަދަ ހަތަރުފުރޮޅުލީ ވެހިކަލްތަކަށެވެ. އަދި  40،000 އަކަފޫޓްގެ ސަރަޙައްދު ޚާއްސަކޮށްފައިވަނީ ހުޅުމާލެ މަގުތަކުގައި ޤަވައިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯރ ކުރުމަށްފަހު ގެނެސް ބެހެއްޓުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: