ފައިސާ ދެއްކިކަން ދެއްކުމަށްޓަކައި ސައްހަ ނޫން ސްލިޕް ހެދުމަށް ވަކި ހާއްސަ އެޕްލިކޭޝަނެއް ބޭނުންކުރާ ކަމަށާއި އަދި އެފަދަ މައްސަލތައް މިހާރު އިތުރުވަމުންދާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިފިއެވެ.
ފުލުހުން ބުނެފައިވަނީ ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތއް އިތުރުވަމުންދާ ކަމަށެވެ.
މިހާތަނަށް ކުރި ތަހުގީގުތަކުން ޓްރާންސްފާ ސްލިޕް ހެދުމަށް ވަކި ހާއްސަ އެޕްލިކޭޝަނެއް ބޭނުން ކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން ވިޔަފާރިކުރާ ފަރާތްތަކުން އިތުރަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
ސައްހަ ނޫން ސްލިޕް ފޮނުވައިގެން މުދާ ހޯދުމުގެ މައްސަލަތަކުގައި މީގެ ކުރިން ބައެއް މީހުން ހައްތަރުކޮށްފައިވެއެވެ. އަދި އެފަދަ މައްސަލަތަކުގައި ބައެއް މީހުންގެ މައްޗަށް ދައުވާކޮށް ކުށް ސާބިތުވެފައި ވެއެވެ.

