ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޯޓިސް ދިން ގިނަ ބަޔަކު ގަވައިދުގެ ތެރެއަށް ވަނުމަށް ހުށަހެޅި: ޝަމްއާން

އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންސްޕެކްޝަންތަކުން ޤަވާއިދުގެ ތެރެއަށް ވަނުމަށް ނޯޓިސްދިން މީހުންގެ %95 މީހުން އިމިގްރޭޝަން އޮފީހަށް ހާޒިރުވިކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިޤްރޭޝަންއިން ކުރިއަށްގެންދާ އިންސްޕެކްޝަން ހުޅުމާލޭގައި ފެށުމުގެ ކުރިން ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތިއްޖާ ފެންނަމުންދާ ކަމަށެވެ. އަދި މާލޭ ސަރަހައްދުގައި ކުރިއަށް ގެންދެވޭ މަސައްކަތްތައް އަތޮޅުތެރެއަށް ފުޅާކުރުމުގެ މަސައްކަތްކުރައްވަމުން ގެންދަވައި ކަމަށް ވަނީ ވިދާޅުވެފައެވެ.

ޝަމްޢާން ވިދާޅުވީ، އިންސްޕެކްޝަންތަކުން ޤަވާއިދުގެ ތެރެއަށް ވަނުމަށް ނޯޓިސްދިން މީހުންގެ ތެރެއިން އިމިގްރޭޝަން އޮފީހަށް ހާޒިރުވި ފަރާތްތަކަށް ލިޔެކިޔުންތަކާއި ވިސާ ރަނގަޅު ކުރުމަށް ބޭނުންވި މީހުންގެ ވިސާ ރަނގަޅުކޮށްދީފައިވާނެކަމަށެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ކުރިއަށް ގެންދައި މި އޮޕްރޭޝަންގެ ތެރެއިން ރާއްޖޭއަށް ބިދޭސީން ގެންނަ ފަރާތްތަކާއި އަދި ބިދޭސީންވެސް ޤަވައިދުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރައްވައި މަންޒަރު ފެނިގެންދާ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

އިމިގްރޭޝަނުން ކުރިއަށް ގެންދާ މަސައްކަތުގެ ޓާގެޓަކީ މި 3 އަހަރު ތެރޭގައި ޤަވައިދާ ހިލާތަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮން ހައްލުކުރުންކަމަށް ޝަމްޢާން ވިދާޅުވިއެވެ. އޭގެ ތެރޭގައި ބައެއް މީހުންނަށް ރެގިއުލަރައިޒް ވުމުގެ ފުރުސަތު ހުޅުވައިލެވިފައިވާ ކަމަށާއި އަދި އެންފޯސްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގައި މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ 27 ޒޯނަކަށް ބަހާލައިގެންނެއެވެ.

މި އިންސްޕެކްޝަނުގެ ތެރެއިން ބިދޭސީން މަސައްކަތް ކުރާ ފިހާރަތަކާއި ސެލޫންތައް އަދި ގަރާޖްތައްވެސް ވަނީ ބަލައި ފާސްކޮށްފައެެވެ.

މި ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ މަޤްސަދަކީ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ގަވާއިދާ ހިލާފަށް އެކި ވިޔަފާރި ކުރަމުންދާ ބިދޭސީން ދެނެގަނެ އެންމެފާ ފަރާތްތައް އުސޫލުތަކުގެ ތެރެއަށް ފެތްތުމެވެ. އަދި ރާއްޖެއަށް ބިދޭސީން ގެންނަ ފަރާތްތަކަށްވެސް ނަސޭހަތްދީ ޤަވައިދުގެ ތެރެއަށް ފެއްތުމެވެ.

އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ތަފާސް ހިސާބު ތަކަށް ބަލާއިރު، 10 މަސް ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ 4،054 ބިދޭސީން ވަނީ ރާއްޖެއިން ޑީޕޯޓް ކޮށްލައިފައެވެ. މީގެ އިތުރުން، ޑިސެމްބަރު މަހު 202 ފާރަތްތެއް ޑީޕޯޓް ކޮށްލައިފައިވާއިރު، ޖަނަވަރީ މަހު 237، ފެބްރުވަރީ މަހު 309، މާރިޗް މަހު 332، އޭޕްރިލް މަހު 240، މެއި މަހު 377، ޖޫން މަހު 690، ޖުލައި މަހު 461، އޮގަސްޓް މަހު 453 އަދި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 663 މީހުން ވަނީ ޑީޕޯޓްކޮށްލައިފައެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި ފިޔަވަޅު އަޅަމުންނެވެ. އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ރައްތަކަށް މި ހިންގާ އޮޕްރޭޝަންތައް ފުޅާ ކުރެވި، ރާއްޖޭއަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ހައްލު ކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: