ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމިގްރޭޝަންގެ ހުޅުމާލެ އޮޕަރޭޝަން: 28 ބިދޭސީއަކު ހިފަހައްޓައި، 165 ބިދޭސީންނަށް ނޯޓިސް

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި އިއްޔެ ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީން ހިމެނޭހެން 28 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް ޑީޕޯޓު ކުރި މީހުންގެ އަދަދު 4000 އަށް އަރަ އެވެ. މީގެ ކުރީގެ ސަރުކާރުތަކުން ވެސް ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރި ނަމަވެސް އޭރުގެ ޕްރޮގްރާމްތައް އަމާޒުކޮށްފައި ވަނީ ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ބިދޭސީން ގަވައިދަށް ފެއްތުމަށެވެ.

އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގައި ގަވައިދާ ހިލާފަށް ކާބޯތަކެތި ތައްޔާރުކޮށް އެތަކެތި ވިއްކަމުން ދިޔަ މީހުންނާއި، ގާނޫނާއި ހިލާފަށް ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ މީހުން އަދި ސްޕާތައް ހިންގާ މީހުން ހިފެހެއްޓުން ހިމެނެ އެވެ. އަދި މާރުކޭޓު ގޮޅިތަކުގައި ވިޔަފާރި ކުރަމުންދާ ބިދޭސީންނާއި، މާލޭގެ އެކި ސަރަހައްދުތަކުގައި ކާބޯތަކެތީގެ ހިދުމަތް ދެމުން ގެންދާ މީހުން ފާހަގަކުރެވެ އެވެ.

މި މަސައްކަތް ފެށުމުން، ބައެއް ބިދޭސީން އަތޮޅުތަކަށް ދާންފެށިކަން ފާހަގަކުރެވި، އެކަމަށް ވެސް އިމިގްރޭޝަނުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އަދި ފޮރުގެން ތިބެ ހިދުމަތް ދެމުންދާ ބައެއް ގޮޅިތަކުގެ މައުލޫމާތުތައް އިންޓެލިޖެންސަށާއި އިމްގްރޭޝަން ވޮޗްއަށް ލިބިފައިވާތީ އެ ތަންތަން މޮނީޓަރ ކުރަމުންދާކަމަށް ވަނީ ބުނެފަ އެވެ.

ހުޅުމާލޭގައި އިއްޔެ ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ މައުލޫމާތުތައް ހިއްސާކޮށް އިމިގްރޭޝަނުން ބުނެފައި ވަނީ، ގަވައިދާ ހިލާފަށް އެޅެމުން ދިޔަ ބިދޭސީންނާއި، ފިލައިގެން އުޅޭކަމަށް ރިޕޯޓު ލިބިފައިވާ 28 މީހަކު ހިފަހައްޓާފައިވާކަމަށެވެ.

ގަވައިދާ ހިލާފަށް ވިޔަފާރުކޮށް ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސް ކުރުމަށް ކުރިޔަށް ގެންދިޔަ އިންސްޕެކްޝަނުގައި ހުޅުމާލޭގެ ފޭސް އެކެއް، އަދި ދޭއް ހިމެނޭހެން 27 ޒޯނެއް ބަލައި ފާސްކޮށްފައި ވެއެވެ.

އިމިގްރޭޝަނުން ބުނެފައި ވަނީ މި ހަރަކާތުގެ ތެރެއިން ޖުމްލަ 314 ތަނެއް ބަލައި ފާސްކޮށް 769 ބިދޭސީއަކާއި ސުވާލުކޮށްފައިވާކަމަށެވެ. އަދި ސުވާލު ކުރި ބިދޭސީންގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީން ހިމެނޭހެން 28 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

މީގެއިތުރުން ވިސާ ފުރިހަމަ ނޫން 165 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް ނޯޓިސް ދީފައިވާއިރު ގަވައިދާ ހިލާފަށް އެ މީހުން ލައްވައި މަސައްކަތް ކުރުވާ 92 ދިވެހީންނަށް ލިޔުމުން ނަސޭހަތް ދީފައިވާކަން އިމިގްރޭޝަނުން ވނީ ހާމަކޮށްފަ އެވެ.

އިމިގްރޭޝަނުން ބުނެފައި ވަނީ ނޯޓިސްއަށް އަމަލު ނުކުރާނަމަ އެ ބަޔާކާއި މެދު ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: