ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނެގި މުވައްޒަފަށް ފިޔަވަޅު އަޅައި، ކަސްޓަމަރުންނަށް ބަދަލު ދިނިން: ބީއެމްއެލް

ބީއެމްއެލްގެ ބްރާންޗެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރުންގެ އެކައުންޓުން އެ ކުންފުނީގައި ކުރިން މަސައްކަތް ކުރަމުން އައި މުވައްޒަފަކު ފައިސާ ނެގިކަން ފާހަގަވުމާއެކު، ވަގުތުން އޭނާއަށް ފިޔަވަޅު އަޅައި ކަސްޓަމަރުންނަށް ބަދަލުދިންކަމަށް ބޭންކުން މިއަދު ބުނެފިއެވެ.

ބީއެމްއެލްގެ ކަސްޓަމަރ ސާވިސްގައި މަސައްކަތް ކުރަމުން އެކި ކަސްޓަމަރުންގެ އެކައުންޓުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ނެގިކަމަށް ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން ހުކުމެއް ކުރީ އާދީއްތަ ދުވަހު އެވެ.

މައްސަލައިގެ ކުށް ސާބިތުވެފައި ވަނީ ބ. އޭދަފުށި، ހިޔާވަހި، އަލީ މާޒިންގެ މައްޗަށެވެ.

މައްސަލައިގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބީއެމްއެލް ބުނެފައި ވަނީ، އެ ކަން ފާހަގަކުރެވުމާއި އެކު 2021 ވަނަ އަހަރު އެ މުވައްޒަފު ވަގުތުން އެކަހެރި ކުރިކަމަށެވެ. ބޭންކުން މި މައްސަލަ ބެލިއިރު މާޒިން ވަނީ އޭނާ އަދާކުރާ ވަޒީފާގެ ގޮތުން ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނަގައި އަމިއްލައަށް ބޭނުންކޮށްފައިވާކަން ފާހަގަކުރެވުނުކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި މައްސަލަ 2021 ވަނަ އަހަރުގެ ފަހުކޮޅު ފުލުހަށް ވެސް ހުށަހެޅީ، ބީއެމްއެލްގެ ފަރާތުންނެވެ. އެއަށް ފަހު ބީއެމްއެލް ވަނީ ކަސްޓަމަރުންގެ އެކައުންޓުން ގެއްލުނު ފައިސާ، އެ ކަސްޓަމަރުންގެ އެކައުންޓަށް ޖަމާކޮށްދީފަ އެވެ.

މީޑިއާތަކަށް ބީއެމްއެލް ބުނެފައި ވަނީ ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށް ބޭންކުގެ ގަވައިދުތަކާއި އުސޫލުތައް ހަރުދަނާކޮށް އިންޓާނަލް ކޮންޓްރޯލްތައް ބޭންކުގައި ގާއިމުކޮށްފައިވާނެކަމަށެވެ. އަދި އެއްވެސް މުވައްޒަފަކު ގަވައިދާ ހިލާފު އެއްވެސް އަމަލެއް ހިންގައިފި ނަމަ އެކަމެއް ތަހުގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.

ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނެގި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ، ކަސްޓަމާ ސާވިސް އޭޖެންޓެއްގެ ގޮތުގައި މާޒިން މަސައްކަތްކުރި ދުވަސްވަރު، އެ މަގާމުން ލިބިފައިވާ މައުލޫމާތާއި ބާރުގެ ބޭނުންކޮށްގެން ޖުމުލަ 13 ކަސްޓަމަރެއްގެ މައުލޫމާތު ބީއެމްލްގެ ސިސްޓަމުން ބަދަލުކޮށް، ކަސްޓަމަރުންގެ ހުއްދަ ނެތި، އެ ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

ހުކުމުގައިވާ ގޮތުން ކަސްޓަމަރުންގެ އެކައުންޓުން މާޒިންގެ އެކައުންޓަށް ވަނީ ބޮޑެތި އަދަދުތަކުން ފައިސާ ފޮނުވައިފައެވެ. އެ މީހުންގެ އެކައުންޓުތަކުން އެކި ފަހަރު މަތިން މާޒިންގެ އެކައުންޓަށް ޖުމުލަ 482،611.41 ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: