ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން އިތުރު ހަމަލާއެއް ދީފިއްޔާ، ރައްދު މިހާރަށްވުރެ ވަރުގަދަ ވާނެ: އިރާން

އީރާނުން އިސްރާއީލަށް ހަމަލާދިން މަންޒަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން ހަމަލާއެއް ނުދޭނަމަ އީރާނުން އިތުރު ހަމަލާތަކެއް ނުދޭނެކަމަށާއި ހަމަލާ ދީފި ހާލަތެއްގައި މި ފަހުން ދިން ހަމަލާއަށްވުރެ ވަރުގަދަ ޖަވާބެއް ދޭނެކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަކްޗީ މީޑިއާތަކަށް މައުލޫމާތު ދެއްވިގޮތުން އެ ގައުމުން 180 ވަރަކަށް މިސައިލު ބޭނުންކޮށްގެން އިސްރާއީލަށް ހަމަލަ ދީފައިވަނީ ނަފްސު ދިފާއުކުރުމުގެ ގޮތުންކަމަށެވެ. އަދި އިސްރާއީލުން ހަމަލާ ދޭންޖެހޭ ފަދަ ގޮތަކަށް އަމަލުނުކުރާ ހިނދު އެ ގައުމުގެ މަސައްކަތްތައް ނިމުމަކަށް އައިސްފައިވާކަމަށެވެ.

އީރާނުންވަނީ އިސްރާއީލުން މަރާލާފައިވާ ބައެއް ގުޅިފައިވާ އަސްކަރީ ޖަމާއަތްތަކުގެ ލީޑަރުން މަރާލާފައިވާކަމަށް ރައްދު ދިނުމުގެ ގޮތުން އެތައް ބާވަތެއްގެ ގިނަ އަދަދެއްގެ މިސައިލު ބޭނުންކޮށްގެން އިސްރާއީލަށް ހަމަލާދީފައެވެ. އެ ގައުމުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އަސްކަރީ މަސައްކަތްތަކާއި ޖާސޫސީ މަސައްކަތްތައް ކުރުމަށް ބޭނުންކުރާ އަމާޒުތަކަށް ކަން ފާހަގަކުރެވޭއިރު އިސްރާއީލާއި ދެމެދު އުފެދިފައިވާ މައްސަލައިގެ ތެރެއަށް ނުވަނުމަށް އީރާނުންވަނީ އެމެރިކާއަށް އިންޒާރު ދީފައެވެ. އެގޮތުން ސްވިޒަލެންޑު މެދުވެރިކޮށް އެމެރިކާއަށް މެސެޖެއް ދީފައިވާނެކަމަށާއި ނަފްސު ދިފާއުކުރުމުގެ ހައްގު ލިބިފައިވާކަން ފާހަގަކުރިއިރު އިތުރަށް ހަމަލާ ދިނުން ކުރިއަށް ގެންދިއުމަށް ގަސްތު ނުކުރާކަންވެސް އެ ގައުމަށް އަންގާފައިވާނެކަމަށް އަރަކްޗީ ހާމަކުރެއްވިއެވެ.

އީރާނުގެ ހަމަލާއަކީ ޣައްޒާގައި ހަމަލާ ބަދަލުކުރުންތައް ހުއްޓާލާނެކަމުގެ އުންމީދުގައި ވަރަށް ކެތްތެރިކަމާއިއެކު އަމަލުކުރުމަށްފަހު އިސްރާއީލާއިމެދު އަޅާފައިވާ ފިޔަވަޅެއްކަމަށެވެ. އަދި އިސްރާއީލުން އިތުރު އަމަލުތަކެއް ނުހިންގާނަމަ އީރާނުގެ ފަރާތުން ހަމަލާތަކެއް ނާންނާނެކަމަށެވެ. އެހެންނަމަވެސް އެގައުމުން އީރާނުގެ ކިބައިން ބަދަލު ހިފުމަށް މަސައްކަތްކޮށްފި ހާލަތެއްގައި އީރާނުން ދޭ ޖަވާބު މި ފަހުން ދިން ހަމަލާއަށްވުރެވެސް ބޮޑުވާނެކަމަށާއި ވަރުގަދަ ވާނެކަމަށްވެސް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: