ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫއިން އިސްރަށްވެހިންގެ ނާދީއާއި ގުޅިގެން އިސްރަށްވެހިންގެ ދުވަސް ފާހަގަކޮށްފި

އުރީދޫއިން އިސްރަށްވެހިންގެ ނާދީ އާއި ގުޅިގެން ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އިސްރަށްވެހިންގެ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ވަނީ އިސްރަށްވެހިންގެ ނާދީއާއި ގުޅިގެން ފާހަގަކޮށްފި އެވެ.

މިއަހަރުގެ ކުރީކޮޅު އުރީދޫއިން ވަނީ އިސްރަށްވެހިންނާއިއެކު ކެންޕޭނެއް ކުރިއަށް ގެންގޮސްފައެވެ.

އިޖުތިމާއީ ޒިންމާއަށް އުރީދޫގެ ދިގު މުއްދަތުގެ ވައުދުގެ ދަށުން ކުރިއަށް ގެންދާ މި ހަރަކާތްތަކުގެ ތެރޭގައި ގްރޯ ވިތު އުރީދޫ ސެޝަނަކާއި ޑިޖިޓަލް ޕާޓްނާޝިޕް އިއުލާނާއި ފޮތް ހަދިޔާ ކުރުމުގެ ހަރަކާތެއް ހިމެނެ އެވެ.

ގްރޯ ވިތް އުރީދޫ: ގޯތިތެރޭގައި ގަސްއިންދުން

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ވަނީ ގްރޯ ވިތު އުރީދޫ ސެޝަނެއް އިސްރަށްވެހިންގެ ނާދީގައި ބާއްވާފަ އެވެ. ގޯތިތެރޭގައި ގަސްއިންދުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މި ސެޝަނަކީ ތިމާވެށީގެ ދެމެހެއްޓެނިވިކަން ކުރިއެރުވުމަށް ފަރުމާކޮށްފައިވާ ސެޝަނެކެވެ. ގޭގައި ތިބެގެން އަމިއްލަ ބަގީޗާތައް ހަދައި ބެލެހެއްޓުމުގެ ޓެކްނިކްތައް ބައިވެރިން ދަސްކުރިއިރު، ފަސޭހަ، ދެމެހެއްޓެނިވި ގޮތްތަކަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީފައިވެ އެވެ. މި ސެޝަން ކުރިއަށް ގެންގޮސްދީފައިވަނީ އުރީދޫގެ އެމްބަސަޑަރ ރަމްޒީ ހުސައިން ނުވަތަ ޒުވާން ދަނޑުވެރިޔާއެވެ. މި އިނީޝިއޭޓިވްގެ ދަށުން އުމުރުން ދުވަސްވީ މީހުންގެ މެދުގައި ހަރަކާތްތެރި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހިތްވަރު ދިނުމުގެ އިތުރުން ދުޅަހެޔޮކަން އިތުރުކުރުމަށް ގުދުރަތާއި ގުޅުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުވާލާފައިވެއެވެ.

ޑިޖިޓަލް ޕާޓްނާޝިޕް

އުމުރުން ދުވަސްވީ މީހުންނަށް ކަނެކްޓިވިޓީ އިތުރުކުރުމުގެ މަގްސަދުގައި އުރީދޫ މޯލްޑިވްސް އިން ވަނީ ނާދީގައި އާ ޑިޖިޓަލް ޕާޓްނާޝިޕެއް ވެސް އިއުލާނުކޮށްފަ އެވެ. މި ޕާޓްނަރޝިޕްގެ ސަބަބުން އުރީދޫގެ ޓެލެކޮމިއުނިކޭޝަންއަދި ޑިޖިޓަލް ޚިދުމަތްތައް ފަސޭހަކަމާއެކު ލިބި، އެފަރާތްތަކުގެ އިވެންޓްތަކަށް ކަނެކްޓިވިޓީ އިތުރުވެގެންދާނެއެވެ.

ނާދީއަށް ފޮތް ހަދިޔާކުރުން

އުރީދޫ މޯލްޑިވްސް އިން ވަނީ ނާދީ އަށް ފޮތް ހަދިޔާކޮށްފަ އެވެ. މި ހަދިޔާގެ ސަބަބުން އުމުރުން ދުވަސްވީ ރަށްވެހިންނަށް ނާދީގައި ހޭދަކުރާ ވަގުތުތަކުގައި އެކި މައުލޫގެ ފޮތްތައް ކިޔާ މައުލޫމާތު އިތުރަށް މުއްސަނދިކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި ހަރަކާތްތަކަކީ މުޖުތަމައުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން އުރީދޫއިން މިއަހަރު ފެށި ޕްރޮގްރާމުގެ ހިއްސާއެކެވެ. އަދި ޑިޖިޓަލް އިންކްލޫޝަން، ސަސްޓެއިނަބިލިޓީ އަދި ކޮމިއުނިޓީ އެންގޭޖްމަންޓް ޕްރޮމޯޓްކުރާ އިނޮވޭޓިވް ޕްރޮގްރާމްތަކާއި ޕާޓްނާޝިޕްތައް މެދުވެރިކޮށް މުޖުތަމައުގެ ހުރިހާ ދާއިރާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް ދަނީ މަސައްކަތްކުރަމުންނެވެ..

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: