ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދ. މީދޫގައި އައިސް ޕްލާންޓު ހެދުމަށް ހިލޭ ބިން ލިބުމުން މަސްވެރީންނަށް ކައުންސިލުން ދޭ އަހައްމިއްޔަތުކަން ހާމަވޭ: މިފްކޯ

މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓް ޑިޕާޓްމެންޓުގެ ޖެނެރަލް މެނޭޖަރ މުއާޒު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ޕީއެސްޕީ ބަޖެޓުގެ ތެރެއިން އަލަށް ގާއިމްކުރާ ދ. މީދޫ އައިސް ޕްލާންޓަށް ބޭނުންވާ ބިން، އެރަށު ކައުންސިލުން އުޖޫރައެއް ނުނަގާގޮތަށް މިފްކޯއާ ހަވާލުކުރުމަކީ، އެރަށު ކައުންސިލުން މަސްވެރީންނަށް ދެއްވާ އަހަމިއްޔަތުކަން ހާމަވެގެންދާކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމެންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ވިދާޅުވީ މީދޫގައި އައިސް ޕްލާންޓު ހެދުމަށް އެރަށު ކައުންސިލުން ހިލޭ 3000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ މަސްވެރީންނަށް ނުވަތަ މަސްވެރިކަމަށް އައިސް ލިބޭގޮތް ވުމުން މިފްކޯއަށް ތާޒާ ކަނޑުމަސް ލިބިގެންދާނެކަން މުއާޒު ފާހަގަކުރެއްވިއެވެ.

މުއާޒް ވިދާޅުވީ ކައުންސިލްތަކުން ނަގަމުން ދަނީ ރަމްޒީ ފީއެއްކަމަށާއި، އޭގެއިން ފައިދާއެއް ނުލިބުނު ނަމަވެސް މަސްވެރިންނަށް ހެޔޮ އަގުގައި އައިސް ވިއްކަނީ ކޮލިޓީ މަސް ހޯދުމުގެ މަގްސަދުގައި ކަމަށެވެ. އަދި ވިދާޅުވީ މި މަސައްކަތް ނިމުމުން ވެސް ދެން އެ ސަހަރައްދުން ލިބޭނީ ކޮލިޓީ މަސް ކަމަށެވެ.

ކައުންސިލްތަކުން ނަގަނީވެސް ރަމްޒީ ފީއެއް. އަދި އަޅުގަނޑުމެނަށް އެއިން ފައިދާ ނުވވިޔަަސް މަސްވެރީންނަށް ހެޔޮ އަގެއްގައި އައިސް ވިއްކަނީ ކޮލެޓީ މަސް ހޯދުމުގެ މަގްސަދުގައި. މި މަސައްކަތް ނިމުމުން ދެން އެ ސަރަހައްދުން ވެސް ލިބޭނީ ކޮލެޓީ މަސް.

މިކަމާ ގުޅިގެން މީދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ، މުސްތަގުބަލުގައި މީދޫއަށް މަސްއޮޑިފަހަރުގެ އައިސް އަޅަން ދިއުމުން އެރަށުގެ އިގްތިސާދީ އޮއިވަރު ބަދަލުވެ، ކުދި ވިޔަފާރިތަކާއި ފިހާރަތަކާއި ސައި ހޮޓަލުގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގައެވެ. އަދި މީދޫގެ އިތުރުން އެ ރަށާ ކައިރި ރަށްރަށުގެ ފަރުމަސް ވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ރޯމަހުގެ މަސައްކަތުގައި އުޅޭ އާންމުންގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ނަސީމް ވިދާޅުވިއެވެ.

މީދޫ އައިސްޕްލާންޓުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީއާއި މިފްކޯއިން ސޮއިކުރީ ނިމުނު ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ގައެވެ. މި މަޝްރޫއުގެ ދަށުން މީދޫގެ އިތުރުން ދ.ބަނޑިދޫ އާއި ށ.ފުނަދޫގައި އަޅާ ކޮންމެ އައިސްޕްލާންޓަކީ ދުވާލަކު 30 ޓަނުގެ އައިސް އުފައްދާ ޕްލާންޓެކެވެ. މީގެ އިތުރުން ކޮންމެ ޕްލާންޓަކާއެކު 50 ޓަނުގެ އައިސް ސްޓޯރޭޖެއް ހަދާނެ އެވެ.

ޖުމްލަ 24 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ކޮންމެ އައިސް ޕްލާންޓެއް ހެދުމަށް 8 މިލިއަން ރުފިޔާ ހޭދަވާނެއެވެ. އަދި މިއީ ސަރުކާރުން މިފްކޯއަށް ފައިސާ ދީގެން ހިންގާ މަޝްރޫއެކެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: