ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ކުރައްވަމުންދާ ތިމާވެށީގެ މަސައްކަތްތަކަށް ނަޝީދުގެ ތައުރީފު!

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެގެންދާ ދަތިތައް ހައްލުކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތްތަކަށް ކްލައިމެޓް ވަނަރަބަލް ފޯރަމްގެ ސެކްރެޓްރީ ޖެނެރަލް މުހައްމަދު ނަޝީދު ތައުރީފުކުރައްވައިފިއެވެ.

އިނގިރޭސިވިލާތުގެ ފައިނޭންސް މަސައްކަތްތައް ކުރާ އިދާރާއެއްކަމަށްވާ ”ބްރިޓިޝް އިންވެސްޓްމެންޓްސް އިންޓަރނޭޝަނަލް“ ގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދުވަނީ ދިވެހިންނާއި ރާއްޖޭގެ ވެއްޓާއި ގުޅިފައިވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ހަގީގަތަށް ބަލާއިރު ދިވެއްސަކު ތިމާވެއްޓާއި ދުރު ނުކުރެވޭނެކަން ފެނިގެންދާނެކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިހާރުގެ ރައީސް ޑރ މުއިއްޒުވެސް ދަނީ ތިމާވެށީގެ މައްސަލަތަކާއިމެދު އަޑުއުފުއްލަވައި އެކަންކަން ހައްލުކުރެއްވުމަށް ގޮވާލައްވަމުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ ވަރަށް ރަނގަޅު މަސައްކަތްތަކެއްކަމަށާއި ފެނިވަޑައިގަންނަވާ މަންޒަރާއިމެދު ހިތްހަމަޖެހިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މީގެ ޒަމާންތަކެއް ކުރިން ކަނޑުގެ ލޮނުގަނޑު އުފުލިގެންދިއުން ފަދަ ވާހަކަތަކުގެ ސަަބަބުން ރާއްޖެއަށް ގެއްލުންތައް ވެގެންދާނެކަމަށް ދެކުނު ބައެއް ފާހަގަކުރެވޭ ފަރާތްތައްވެސް ދިވެހިންގެ ތެރޭގައި ތިބިކަމަށެވެ. އެގޮތުން އެ ވާހަކަތައް ދެއްކުމުގެ ސަބަބުން އިގްތިސާދަށް ނޭދެވޭ އަސަރުކުރާނެކަމުގެ އިތުރުން އިންވެސްޓަރުން ފަސް ޖެހުމަށް ދިމާވާނެކަމަށްވެސް ދެކުނުކަމަށް މައުލޫމާތު ދެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖެ ކަނޑުއަޑިޔަށް ގެއްލިގެންދަނީކަމަށް ދެކި އިންވެސްޓު ނުކޮށްފާނެކަމަށް ދެކުނުކަމަށް ވީނަމަވެސް ފޮރިން ޑައިރެކްޓް އިންވެސްޓުމެންޓުތަކަށް ހުއްޓުމެއް އައިސްފައިނުވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިހާރު ރާއްޖެއިން އަހަރެއްގެ މައްޗަށް ދެ މިލިއަން ފަތުރުވެރިންގެ ޝައުގުވެރިކަން ހޯދާކަމަށާއި އެހެންކަމުން ތިމާވެށީގެ ވާހަކަތައް ދެއްކުމަކީވެސް ފޮރިން ޑައިރެކްޓް އިންވެސްޓުމެންޓުތަކަށް ފަހިކުރުމުގެ ގޮތުން މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: