ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަލާން ޖަހާ ޕާޓީއަށް ފައިސާ ހޯދާނަމަ، ތިބެން ޖެހޭނީ ބަޔަކު ދަށުވެފަ: ރޮޒެއިނާ

ޝެއާރކޮށްލާ ކަހަލަދޯ؟

ބަޔަކު މީހުން ކައިރީ ސަލާން ޖަހައިގެން ޕާޓީގެ މާލީ ކަންކަން ހަަމަޖައްސަން ޖެހޭ ނަަމަ މާލީ މިނިވަންކަން ހާސިލު ނުކުރެވި ތިބެންޖެހޭނީ ފައިސާވެރިއެއްގެ ދަށުވެފައިކަމަށް އިދިކޮޅު އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ބޭއްވި ޕާޓީގެ ގައުމީ މަޖިލީސް ބައްދަލުވުމަށް ޕާޓީއަށް މާލީ މިނިވަންކަން ހާސިލުކުރުމަށްޓަކައި ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގަރާރެއް ހުށަހެޅުއްވި އެވެ. ގަރާރަށް ބަހުސް ކުރައްވަމުން ރޮޒައިނާ ވިދާޅުވީ އެކަޑަމީއެއް އެކުލަވާލުމަށް ހުށަހެޅުމުގައިވާއިރު އެއީ މުހިންމުކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި ވިދާޅުވީ، ގައުމު ހިންގުމަށްޓަކައި ސިޔާސަތުތަކެއް އެކުލަވާލުމުގައި އެންމެ އިސް ފަރާތްތަކެއްގެ ގޮތުގައި ތިބޭ އިރު އެ ޕާޓީއެއް ވެރިކަމުގައި އޮންނަ އިރު ތިބެނީ ޕާޓީގެ މެމްބަރުންކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ، ސިޔާސީ ދާއިރާއަށް ނުކުތުމަށް އެދޭ އަންހެނުން މަދުކަން ފާހަގަކުރެވޭކަމަށާއި އެއީ ދާއިރާގެ ތެރޭގައި ގަނާކުރުމާއި ކުރިމަތިލާން ޖެހޭތީކަމަށެވެ.

އަންހެނަކު މަގާމަށް އައުމުން އެކަމަށް އަމާޒުވާ ފާޑުކިއުންތައް ވެސް ބޮޑުކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. އެހެންކަމުން މިފަދަ އެކަޑެމީއެއް ހެދި މަސައްކަތަށް ނުކުންނަ ކުދިންނަށް ލީޑަޝިޕް ރޯލުތައް އަދާކުރުމަށްޓަކައި ބޭނުންވާ ތައުލީމާއި ތަޖުރިބާ ހޯދައިދެވިއްޖެ ހާލަތެއްގައި އެމްޑީޕީގެ ވެރިކަމެއްގައި ސަރުކާރެއްގެ ހިޔާލުތަކާއި ކުރެވިގެންދާ މަސައްކަތްތައް އިތުރަށް ރަނގަޅުވުގެންދާނެކަމަށް ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ، ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އެކަމަށް ގަރާރެއް ހުށައަޅުއްވާފައިވާކަމަށް އުފާކުރައްވާކަމަށާއި އެކެޑެމީ ހެދިއްޖެ ހާލަތެއްގައި މިއީ ސިޔާސީ ގޮތުން މަސައްކަތްކުރުމަށް ޝައުގުވެރިވާ އަންހެނުންނަށް ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ އަބަދުވެސް ކޮންމެވެސް ބަޔަކު މީހުން ކައިރީ ފައިނޭންސްއަށް ސަލާން ޖަހަން ޖެހޭނަމަ މާލީ ގޮތުން ޕާޓީ މިނިވަން ނުވާނެކަމަށެވެ. އަދި އެގޮތަށް އަމަލުކުރުމުން އަބަދުވެސް ތިބެންޖެހޭނީ ކޮންމެވެސް ފައިސާވެރިއެއްގެ އަތްދަށުވެފައިކަމަށާއި ކަންކަން ކުރަންޖެހޭނީ އެ ފަރާތްތަކުން ބުނާ ގޮތަށް ކަމަށެވެ. އެގޮތުން ބައެއް ޕާޓީތައް ހިންގެނީ ހަމައެކަނި ވިޔަފާރި ވެރިންނަށްކަމަށް ފެނިގެންދާކަމަށާއި އެހެންކަމުން އެމްޑީޕީއިން އިސްނަގައިގެން މިފަދަ މިސާލެއް ދައްކައިގެން ކުރިއަށް ދިއުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: