ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީރާނުގެ މިސައިލް ހަމަލާއަށް ސުޕްރީމް ލީޑަރުގެ ތައުރީފް!

އީރާނުގެ ސުޕްރީމް ލީޑަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލަށް ދީފައިވާ ހަމަލާތަކަށް އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ހަމަނޭއީ ތައުރީފް ކުރައްވައިފިއެވެ.

އީރާނުގެ ނޫސްތަކުން ރިޕޯޓުކުރާގޮތުން އެ ގައުމުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ހަމަނޭއީ ވަނީ އީރާނުން އިސްރާއީލަށް ދިން ވަރުގަދަ މިސައިލު ހަމަލާއަށް ތައުރީފުކޮށް އަނެއްކާވެސް އެފަދަ ހާލަތެއް އައިސްފިނަމަ ފަސް ޖެހުމެއް ނެތި ހަމަލާ ދޭނެކަން ހާމަކުރައްވާފައެވެ. ރިޕޯޓުތަކުގައިވާގޮތުން އޭނާ މި ވާޙަކަތައް ދެއްކެވީ ހުކުރު ނަމާދުގައި ލީޑަރުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިނުގަންނަވާތާ ފަސް އަހަރު ދުވަސް ފަހުންކަމަށެވެ. އަދި އޭނާވަނީ އިރާނުގެ އަސްކަރިއްޔާއިން ކޮށްފައިވަނީ ވަރަށް ފުރިހަމަ މަސައްކަތްތަކެއްގެ ގޮތުގައި ސިފަކުރައްވާފައިކަމަށެވެ.

އެތައް ހާސް ރައްޔިތުންނެއްގެ ހާޒިރީގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ހަމާސްގެ އިސް ނެގުމުގެ މަތިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ފަލަސްތީނުގެ ރައްޔިތުން އިސްރާއީލަށް ދިން ހަމަލާއަކީ ހައްގު އަމަލެއްކަމަށާއި އީރާނުން މި ފަހުން ދިން ހަމަލާއަކީވެސް ބައިނަލްއަގުވާމީ ގާނޫނީ އިމުގެ ތެރެއިންނާއި އެ ގައުމުގެ ގާނޫނުގެ އިތުރުން އިސްލާމީ އަސާސްތަކާއިވެސް އެއްގޮތްވާގޮތުގެ މަތިން ދީފައިވާ ހަމަލާއެއްކަމަށެވެ.

އޭނާވަނީ މި ތަގުރީރުގައި އަފްގާނިސްތާނުން ޔަމަނާއި ދެމެދު އޮތް ގައުމުތަކުގެ އިތުރުން އީރާނުން ޣައްޒާއަށް އޮތް ގައުމުތަކުން ދުޝްމިނުންނާއި ދެކޮޅަށް ހަރަކާތްތެރިވުމަށް ތައްޔާރުވުމަށް ގޮވާލައްވާފައެވެ. އަދި މިހާތަނަށް ހަމަލާ ބަދަލުކުރުންތަކުގައި ޝަހީދުވެފައިވާ މީހުންނަށް ތައުރީފުގެ ބަސްތައް ރައްދުކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ލުބުނާނާއި ފަލަސްތީނުގައިވެސް ތިބީ ހިތްވަރުގަދަ ބައެއްކަމަށާއި އެ މީހުންނަކީ ވަފާތެރި ކެތްތެރި ބައެއްކަމަށެވެ. އަދި ޝަހީދުވެގެން ދިޔަ މީހުންގެ ސަބަބުން އަޒުމު ގުޑައިގެން ނުވާނެކަމަށާއި ވާންޖެހޭނީ އިތުރަށް ވަރުގަދަ ކަމަށެވެ.

އާޔަތުﷲ ހަމަނޭއީ އެންމެ ފަހުން މިގޮތަށް ވާހަކަދެއްކެވީ 2020 ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިން ބަގްދާދަށް ތިން ޑްރޯން ހަމަލާއެއްގައި ރިވަލޫޝަނަރީ ގާޑުންގެ ޖެނެރަލް ގާސިމް ސުލައިމާނީ މަރުވުމުންކަމަށާއި މިފުރުސަތުގައި އޭނާގެ ވާހަކަތަކުގެ ކުރިއަށް ހިޒްބުﷲ ޖަމާއަތުގެ އިސްވެރިޔާ ހަސަން ނަސްރުﷲގެ ހަންދާން އާކުރުމުގެ ގޮތުން ރަސްމިއްޔާތެއް ބޭއްވިކަމަށެވެ. މި ހަފްލާގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންގެ އިތުރުން އެހެނިިހެން ހައި ރޭންކިން އޮފިޝަލުންނާއި ރިވަލޫޝަރަަނީ ގާޑް ގެނެރަލުންގެ އެންމެ އިސް ފަރާތްތައްވެސް ޝާމިލުވިކަމަށް ރިޕޯޓުތަކުގައިވެއެެވ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: