ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ – އިންޑިއާ ގުޅުން ބަދަހި ކުރުމަށް މަޝްވަރާތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިޔާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީގައި އޮތް ރަސްމީ މަރުހަބާ ދެންނެވުމަށް ފަހު ރާއްޖެ – އިންޑިއާ ދެމެދު ކުރިޔަށް ގެންދާ ރަސްމީ ބައްދަލުވުންތަކަށް ތައްޔާރުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް މުހިންމު އެއްބަސްވުންތަކުގައި ސޮއި ކުރެވިގެން ދާނެ އެވެ.

ރައީސް މުއިއްޒު ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން 21 ބަޑީގެ ސަލާމެއް އަރުވައި އެމަނުކުފާނަށް މަރުހަބާ ދެންނެވީ އެ ގައުމުގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ. އެއަށްފަހު ޝަރަފްގެ ގާޑް، އިންސްޕެކްޓް އެރުވި އެވެ.

މިއަދު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައްދަލުކުރެއްވުންތަކުގައި، ދެ ގައުމުގެ ދެމެދު އެއްބާރުލުން ގާއިމުކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމުގެ  މަޝްވަރާ ކުރިޔަށް ގެންދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: