ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައިބަރ ކްރައިމްއާ ގުޅޭ ތިން ބިލެއް މަޖިލީހަށް ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސައިބަރ ކުށްތަކާ ގުޅޭ ތިން މުހިންމު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރައޫފުއްދީން ސައީދު ހާމަކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހަށް މި މައްސަލައާ ގުޅުންހުރި ތިން ބިލެއް ހުށަހެޅިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ، ޤާނޫނުލް އުޤޫބާތަށް ގެނެވޭ އިޞްލާޙުތަކުގެ ތެރެއަށް ސައިބަރ ކުށްތަކާ ގުޅޭ މާއްދާތައް އިތުރުކުރުމާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވޭ ބަދަލުތަކެވެ.

މީގެ އިތުރުން، ރައޫފުއްދީން ސައީދު ފާހަގަކުރެއްވި ގޮތުގައި، މި ބިލުތަކުގައި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މަޢުލޫމާތު ހޯދުމާއި، ބޭރު ޤައުމުތަކުން މަޢުލޫމާތު ހޯދުމާއި، ހެކި އެއްކުރުމުގެ އިތުރުން، މިފަދަ އެހެނިހެން ކަންކަމުގައި ފުލުހުންނަށް އެއްބާރުލުން ދިނުމާ ގުޅޭ މާއްދާތައް ހިމެނިފައިވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: