ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީތަކަށް ދޭ ފައިސާގެ %50 ލިބޭ ވޯޓަށް ބަލާ ދޭ ގޮތަށް ހެދުމަށް އިސްލާހެއް!

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތަޢުފީޤް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާގެ 50 އިންސައްތަ ލިބޭ ވޯޓަށް އަޅާ ބަލާ، ދިނުމަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.

މި ނިންމުމަށްފަހު އީސީއިން މިހާރު ވަނީ، މިކަމަށް ބޭނުންވާ ބިލު ޑްރާފްޓްކޮށްފައެވެ. މި ޑްރާފްޓް ސިޔާސީ ޕާޓީތަކާއިވެސް މިހާރު ވަނީ ހިއްސާ ކޮށްފައެވެ.

މިކަމާއި ގުޅޭ މަޝްވަރާތައް ކުރުމަށް އީސީއިން މިއަދު ވަނީ ސިޔާސީ ޕާޓީތަކާ ބައްދަލު ކުރައްވާފައެވެ.

އެގޮތުން ފައިސާ ދިނުމުގައި ބަލަނީ، އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ޕާޓީއަށް ލިބުނު ވޯޓުގެ ނިސްބަތުން 30 އިންސައްތައަށާއި، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީއަށް ލިބުނު ވޯޓުގެ ނިސްވަތުން 20 އިންސައްތައަށެވެ.

މި ހަފްތާ ތެރޭ މި ބިލު ބަންޑާރަނައިބު އޮފީހަށް މި ބިލު ފޮނުވާނެކަމަށް މިޝަންގެ މެންބަރު އަދި ތަރުޖަމާނު ހަސަން ޒަކަރިއްޔާ ވަނީ ވިދާޅުވެފައެވެ.

މިހާރު ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ހޭދަކުރަނީ، 0.1 އިންސައްތައެވެ.

ރާއްޖޭގެ ގާނޫނު ބުނާ ގޮތުން 10،000 މެމްބަރުން ހަމަވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރަން ޖެހެ އެވެ. މިހާތަނަށް އައި އިރު އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ އެމްޑީޕީ އަށެވެ. އެ ޕާޓީއަށް ޕާޓީ އަށް 2019 ވަނަ އަހަރު އެކަނި ވެސް 12 މިލިއަން ރުފިޔާ ދޫކުރިއިރު، އިދިކޮޅު ޕީޕީއެމަށް ނުވަ މިލިއަން ރުފިޔާ ލިބުނެވެ. އަދި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އަށް ލިބުނީ ދެ މިލިއަން ރުފިޔާ އެވެ.

މި ގާނޫނަށް ބަދަލު ގެނައުމަށް މީގެ ކުރިންވެސް އީސީއިން މަސައްކަތްކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: