ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރޮޖެކްޓުތަކާއި ގުޅިގެން އިންވެސްޓަރުން އަޅުގަނޑާއެކު އެބަ މަޝްވަރާކުރައްވާ: ފައިސަލް

ޓުއަރިޒަމް މިިނިސްޓަރ އިބްރާހިމް ފައިސަލް
ޝެއާރކޮށްލާ ކަހަލަދޯ؟

މުމްބައިގައި ބޭއްވުނު އިންވެސްޓަރ ފޯރަމްގެ ތެރެއިން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން އެކި އިންވެސްޓަރުންނާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އޭގެ ތެރެއތެރެއިން ބައެއް އިންވެސްޓަރުން ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ހާމަކުރައްވައިފިއެވެ.

މީޑިއާތަކަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވަޒީރު ފައިސަލް ވިދާޅުވީ، މުމްބައިގައި ބޭއްވުނު އިންވެސްޓަރ ފޯރަމަކީ ފަތުރުވެރިކަމަށް އަމާޒުކޮށްގެން ބޭއްވުނު ފޯރަމެއް ކަމަށާއި، އެގޮތުން ފަތުރުވެރިކަމާބެހޭ ވުޒާރާގެ ފަރާތުން ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ހުށަހަޅާފައިވާ ކަމަށެވެ. އެ ޕްރެޒެންޓޭޝަން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތައްޔާރުކޮށްފައި ކަމަށް ވަޒީރު އިތުރަށް ހާމަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގައި ހޮޓެލް ސްކޫލެއް ޤާއިމުކުރުމަކީ ރައީސްގެ މައިގަނޑު އެއް ވަޢުދުފުޅު ކަމަށާއި، އެގޮތުން މިކަމަށް އިންޑިއާގައި ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ހޮޓެލް ސްކޫލެއް ޤާއިމުކުރުމަށްޓަކައި މަސައްކަތްކުރައްވާނެ ކަމަށާއި، ރައީސްގެ އެ ވަޢުދުފުޅު ފުއްދުމަށްޓަކައި ގަދައަޅައި މަސައްކަތްކުރައްވާނެ ކަމަށް ވަޒީރު ވަނީ އިތުރަށް ހާމަކުރައްވާފައެވެ.

އައްޑޫ އަދި ލާމު އަތޮޅުގެ އައްސޭރި މަޝްރޫޢަކީ ރައީސްގެ އެންމެ މުހިންމު ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އެހެންކަމުން އެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އިންޑިއާގައި ބޭއްވުނު މިފަދަ އިންވެސްޓަރ ފޯރަމްތަކުން އެ މަޝްރޫޢުތަކަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

”އަޅުގަނޑަށް ވަރަށް އުންމީދު އޮތް، ވަރަށް ޤާބިލު އިންވެސްޓަރުން އިންވެސްޓަރ ފޯރަމްތަކުގައި ބައިވެރިވެވަޑައިގެންނެވި. އަޅުގަނޑާއެކު ބައެއް ބޭފުޅުން މަޝްވަރާކުރައްވަމުން އެބަ ގެންދަވާ. އޭގެ ތެރެއިން ބައެއް އިންވެސްޓަރުން ދިވެހިރާއްޖެއަށްވެސް ވަޑައިގަންނަވާނެ.“

ވަޒީރު ފައިސަލް ވިދާޅުވީ، ރައީސްގެ މި ދަތުރުފުޅާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް ވަރަށް ބޮޑެތި ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ. ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް މިހާރު ނިމުމާ ކައިރިވެފައިވާ ކަމަށާއި، ހއ. އަދި ހދ. އަތޮޅުތަކުގެ ރަށްތަކުގައި ރިސޯޓު ތަރައްޤީކުރުމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތްވެސް މުމްބައިގައި ބޭއްވުނު އިންވެސްޓަރ ފޯރަމްގެ ތެރެއިން ކުރައްވާފައިވާ ކަމަށް ވަޒީރު އިތުރަށް ހާމަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މި އިންވެސްޓަރ ފޯރަމްގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ. މިގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު އިންވެސްޓްމަންޓްތަކެއް ލިބި، އިތުރު ވަޒީފާގެ ފުރުޞަތުތަކެއް އުފެދިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި ހަމައެހެންމެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާނެ ޤާބިލު ދިވެހި މުވައްޒަފުން ތަމްރީނުކުރުމަށް ޤާއިމުކުރަން ރޭވިފައިވާ ހޮޓެލް ސްކޫލުގެ މަޝްރޫޢުއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ކަމެއްކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ޒުވާނުންނަށް ރާއްޖޭގައި ތިބެގެން ފަތުރުވެރިކަމުގެ ދާއިރާއިން މަތީ ފެންވަރުގެ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ނިންމާލަމުން ވަޒީރު ވިދާޅުވީ، މި އިންވެސްޓަރ ފޯރަމްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އައު ހިތްވަރެއް ލިބި، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މި މަސައްކަތުގެ ނަތީޖާ ކުރު މުއްދަތެއްގެ ތެރޭގައި ފެންނަން ފަށާނެ ކަމަށް ޔަޤީންކުރައްވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: