ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އުންމީދުކުރަން: ޖަޕާނުގެ ބޮޑުވަޒީރު

ރައީސް މުއިއްޒު، ޖަޕާނުގެ ބޮޑުވަޒީރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއިއެކު އިތުރަށް ގުޅުން ވަރުގަދަ ކުރުމަށް އުންމީދުކުރައްވާކަމަށް ޖަޕާނުގެ އައު ބޮޑުވަޒީރު ޝިގޭރޫ އިޝީބާ ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި ބޮޑުވަޒީރު އިޝީބާވަނީ އޭނާ މަގާމުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެންނެވުމުން ރައީސް ޑރ މުހައްމަދު މުއިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖަށް އަލިއަޅުވައި އެމަނިކުފާނުގެ ހެޔޮ ބަސްފުޅަށް ޝުކުރު އަދާކުރައްވާފައެވެ.

ޝިގޭރޫ ވިދާޅުވީ، ރައީސް ޑރ މުއިއްޒު އަދި ދިވެހި ސަރުކާރާއިއެކު ގާތުން މަސައްކަތްކޮށް ރާއްޖެއާއި ޖަޕާނުގެ ދެމެދު އޮންނަ ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އުންމީދުކުރައްވާކަމަށެވެ. އަދި އެ ގުޅުން މެދުވެރިކޮށް ހުޅުވިފައިވާ މިނިވަން އިންޑޯ ޕެސިފިކް ސަރަހައްދެއް ގާއިމުގެ ތަސައްވަރާއި ދިމާލަށް ވާސިލުވުމަށްޓަކައި މަސައްކަތްތައް ކުރުމަށް އުންމީދު ކުރައްވާކަމަށެވެ.

އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު މަގާމާއި ހަވާލުވެވަޑައިގެންނެވި ޖަޕާނުގެ ބޮޑުވަޒީރު ޝިގޭރޫއަށް ރައީސް މުއިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ، އޭނާގެ މާލިމީކަމުގެ ދަށުން އެ ގައުމަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށާއި ބޮޑެތި މަންފާތަކެއް ލިބިގެންދާނެކަމަށެވެ. ރައީސް ވިދާޅުވީ، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކާމިޔާބަށް އެދިވަޑައިގަންނަވާކަމަށާއި އައު ސަރުކާރާއިއެކު ގުޅުންތައް ވަރުގަދަކުރުމުގައި މަސައްކަތްތައް ކުރުމަށް އުންމީދުކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: