ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާހުތައް ގެންނައިރު މަދުން އާމްދަނީ ލިބޭ އާއިލާތަކަށް އެހީތެރިކަން ދިނުން މުހިންމު: ވޯލްޑް ބެންކު

ވޯލްޑް ބެންކް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން މާލީ އިސްލާހުތަކެއް ގެނައުމުގެ މަސައްކަތްތައް ކުރާއިރު މާލީ ގޮތުން ދަތި އާއިލާތަކަށް ޓާގެޓެޑް އެހީތެރިކަން ފޯރުކޮށްދިނުން އެކަމުގެ އަސަރުތައް ކުޑަކުރުމަށް ކޮންމެހެން ބޭނުންތެރިކަމަށް ވޯލްޑް ބެންކްއިން ބުނެފިއެވެ.

ވޯލްޑް ބެންކުން ދިވެހިރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުން އިންޑިރެކްޓް ސަބްސިޑީތަކުގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވަނީ އާމްދަނީއަށް ރިއާޔަތްކޮށް މާލީ ހާލަތު ދަށްކަމަށް ފެނިގެންދާ ގެތަކަށް ކަމަށް ވީނަމަވެސް ސަބްސިޑީގެ ތެރެއިން ކުރާ ހަރަދުތަކުގެ ބޮޑު ހިއްސާއެއް ގިނައިން އާމްދަނީ ލިބޭ ގެތަކަށް ލިބިގެންދާކަމަށެވެ.

ވޯލްޑް ބެންކުން ބުނެފައިވާގޮތުން 2023 އަހަރުގެ ބަޖެޓުގެ 4.1 އިންސައްތަ ނުވަތަ ސަބްސިޑީގެ ގޮތުގައި ކަނޑައެޅިފައިވާ ޖުމުލަ އަދަދުގެ 43 އިންސައްތަ ލިބެނީ ދެވެހިންގެ އާބާދީގެ ތެރެއިން މުއްސަނދިކަމަށް ފެނިގެންދާ 40 އިންސައްތައަށްކަމަށެވެ. އެހެންކަމުން މިހާރު އޮތް އުސޫލަށް ސަބްސިޑީ ދިނުން ހުއްޓާލުމުން ޓާގެޓެޑް ދެމެހެއްޓިނިވި އުސޫލެއްގެ މަތިން ދެވޭ އެއްޗަކަށް ހެދުމަށް ފަހިވެގެންދާނެކަމަށާއި ހަގީގަތުގައި ބޭނުން ޖެހިފައިވާ އާއިލާތަކަށާއި ފަރުދުންނަށް ފޯރުވުމަށް ފުރުސަތު ހުޅުވިގެންދާކަމަށެވެ.

އެ މުއައްސަސާއިން ބުނެފައިވާގޮތުން ”އިންކަމް ޓާގެޓެޑް ކޭޝް ޓްރާންސްފާއެއް މެދުވެރިކޮށް ބްލެންކެޓް ސަބްސިޑީ އުސޫލާއި ދުރަށް ދިއުމުން ފަގީރުކަމުގެ ނިސްބަތަށް ކުރާ އަސަރުތައް ކުޑަކުރެވޭނެކަމަށެވެ. އެގޮތުން 1.2 ބިލިއަންގެ ބަޖެޓެއް އެކުލަވާލާކަމަށް ބަލައިފިނަމަ ސަބްސިޑީގެ ގޮތުގައި ކަނޑާލާ އަދަދާއި ބައްދަލު އަދަދެއް އާބާދީގެ މަދުން އާމްދަނީ ލިބޭކަމަށް ބަލާ 60 އިންސައްތަ ރައްޔިތުންނަށް ދީފި ހާލަތެއްގައި ފަގީރުކަމުގެ ނިސްބަތް އިތުރުވެގެންދާ ދިއުން ކުޑަކުރެވޭނެކަމަށް ހިސާބުތަކުން ދައްކާކަމަށެވެ. އަދި މިފަދަ ކަމެއް ކުރުމަށްޓަކައި އައު ޓާގެޓިންގް ފްރޭމްވޯކެއް އެކުލަވާލަންޖެހޭކަމަށާއި ބޭނުންޖެހިފައިވާ ފަރާތްތައް ދެނެގަތުމަށްވެސް މަސައްކަތްތަކެއް ކުރަންޖެހޭނެކަން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: