ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުނީގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ދެ ގަވައިދެއް އާންމުކޮށްފި

ރައީސް ޑރ. މުއިއްޒާއި އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުނީގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ދެ ގަވާއިދެއް އިކޮނޮމިކް މިނިސްޓްރީން ގެޒެޓުކޮށްފި އެވެ.

މި ގަވާއިދަކީ، ބޭރުގެ ކުންފުނި ރީރަޖިސްޓަރީކުރުމާއި، އެ ކުންފުނިތައް ދިވެހިރާއްޖޭގައި ހަރަކާތްތެރިވުމާއި، އެ ކުނފުނިތަކުގެ ރީރަޖިސްޓަރީ ބާތިލުކުރުމާއި، ރީރަޖިސްޓަރީކުރެވޭ ބޭރުގެ ކުންފުންޏާ ބެހޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭނެ އެ ނޫން ވެސް އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމަށް ކުންފުނީގެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

މި ގަވައިދުގެ ބޭނުމަކީ ބޭރުގެ ކުންފުނި ރީ ރެޖިސްޓްރީ ކުރުމާއި، އެ ކުންފުނިތައް ދިވެހިރާއްޖޭގައި ހަރަކާތްތެރިވުމާއި ކުންފުނިތަކުގެ ރީރެޖިސްޓްރީ ބާތިލު ކުރުން އަދި ބޭރުގެ ކުންފުންޏަކާއި ބެހޭ ގޮތުން އަމަލު ކުރޭނެ އެއްވެސް އުސޫލެއް ބަޔާން ކުރުމެވެ. އެގޮތުން ބޭރުގެ ކުންފުންޏެއް ރީރެޖިސްޓްރީ ކުރުމަށް ރެޖިސްޓްރާއިންނަށް ހުށަހެޅުމުގައި އަމަލު ކުރަން ޖެހޭ ގޮތުގެ އިޖުރާއަތާއި އެކު ބޭރުގެ ކުންފުންޏާއި ގުޅިގެން ރަޖިސްޓްރާއަށް ހުށަހަޅާ މައުލޫމާތަށް އަންނަ ބަދަލު ރެޖިސްޓްރާއަށް ހުށަހެޅުމުގައި އަމަލު ކުރަން ޖެހޭ ގޮތް ގަވައިދުގައި ވަނީ ހިމަނާފަ އެވެ.

މީގެއިތުރުން ބޭރުގެ ކުންފުނީގެ އެޖެންޓުން އައްޔަނު ކުރުމުގައި އަމަލު ކުރަން ޖެހޭ ގޮތާއި، ކުނފުނީގެ ރެޖިސްޓްރީ ބާތިލު ކުރުމާއި ގުޅޭ އުސުލު މި ގަވައިދުގައި ބަޔާން ކުރެ އެވެ.

މި ގަވައިދުގެ ދަށުން ބޭރުގެ ކުންފުންޏަކުން އެ ކުންފުންޏެއްގެ ނަމުގައ،ި ދިވެހިރާއްޖޭގައި ގާއިމުވެގެން އެއްވެސް ސިފައެއްގައި ހަރަކާތްތެރިވާންވާނީ ފޮރިން އިންވެސްޓްމަންޓާއި ބެހޭ ގާނޫނުގައި ބަޔާން ކުރާ ހުއްދަ ހުއްދަ ނަގައި، އުސޫލުގެ ދަށުންނެވެ. އަދި އެ ކުންފުނި ރީރަޖިސްޓަރީކުރުމަށް ރެޖިސްޓްރާއަށް ހުށަހަޅައ،ި ރީ ރަޖިސްޓަރީކުރުމަށް ފަހު ކުންފުނީގެ ދަފުތަރުގައި އެ ކުންފުންޏެއް ރަޖިސްޓަރީކުރުމަށް ފަހު އެވެ.

މީގެއިތުރުން ރީ ރަޖިސްޓަރީކުރުމަށް ހުށަހަޅާ ބޭރުގެ ކުންފުނީގެ ނަން ފާސްކުރުމުގައި އަމަލުކުރާނީ ގަވާއިދާއި ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ޕްރައިވެޓް ކުންފުނީގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. އިތުރު މާއްދާއެއްގައި ބުނެފައި ވަނީ ބޭރުގެ ކުންފުންޏަކުން ދިވެހިރާއްޖޭގައި ރީ ރަޖިސްޓަރީކުރުމަށް އެދޭ ނަމަ ގާނޫނުގެ ދަށުން ހަދާ ޕްރައިވެޓް ކުންފުނީގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނަން ރިޒާވް ކުރަން ޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: