ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމު އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ހަވާލުކުރި ގްރާންޓްތަކަކީ އަގުހުރި ފުރުސަތެއް: ތޯރިގް

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމު އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ހިމެނޭ، މީހުން ދިރިއުޅޭ ރަށްރަށަށް އެންދެރި މަޝްރޫޢުގެ ދަށުން ހަވާލުކުރި ގްރާންޓްތަކަކީ އެ ސަރަހައްދުތަކުގެ ފައިދާ ފުރިހަމަ ގޮތުގައި ހޯދުމަށް ލިބުނު އަގުހުރި ފުރުސަތެއްކަމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ތޯރިގް މިހެން ވިދާޅުވީ މި ގްރާންޓްތައް ހަވާލުކުރުމަށްޓަކައި މިއަދު ލ. ފޮނަދޫގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ އެ ގްރާންޓްތައް އަވަސް ގޮތެއްގައި ރަނގަޅަށް ބޭނުންކޮށްފިނަމަ މިފަދަ އެހެން ގްރާންޓްތަކާއި މަޝްރޫޢޫތަކަށް ވެސް ދޮރުތައް ހުޅުވިގެންދާނެކަމަށެވެ.

ދޫ ކުރި ގްރާންޓްތަކުގެ ދަށުން ލ. ގަން، މާބައިދޫ އަދި ހިތަދޫއަށް ކޮންމެ ރަށަކަށް 2 މިލިއަން ރުފިޔާގެ ހިލޭ އެހީ ވަނީ ދެއްވައިފައެވެ. އެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެންދެރި މަޝްރޫޢުން މި ރަށްތަކުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރުކޮށްދީފައިވާ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރުމަށެވެ.

މީގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި މަދަނީ ޖަމްޢިއްޔާތަކާއި އާންމު ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އެންދެރި މަޝްރޫޢުން ދޫކުރާ ސްމޯލް ގްރާންޓްސް ގެ ދެވަނަ ބުރަށް ހޮވުނު ފަރާތްތަކަށްވެސް މިއަދު ގްރާންޓް ލިބުނު ކަމުގެ ލިޔުން ހަވާލު ކުރެއްވިއެވެ. މި ބުރުގެ ގްރާންޓަށް ހޮވުނު ތިން ޖަމްޢިއްޔާއަކަށް ޖުމްލަ 1.5 މިލިއަން ރުފިޔާ ފޯރުކޮށްދެވޭނެއެވެ. 2022 ވަނަ އަހަރު ހިންގި ގްރާންޓްގެ ފުރަތަމަ ބުރުގައި ލ. އަތޮޅުގެ 10 ރަށަކުން 10 ޖަމްޢިއްޔާއަކަށް ޖުމްލަ 2.1 މިލިއަން ރުފިޔަ ވަނީ ފޯރުކޮށްދީފައެވެ.

ހިތަދޫ، މާބައިދޫ އަދި ގަމު ކައުންސިލްގެ ރައީސުންނާއި އިސް ބޭފުޅުން ބައިވެރިވެލެއްވި މި ރަސްމިއްޔާތުގައި ލާމު އަތޮޅު ކައުންސިލުގެ ރައީސް، އަލްފާޟިލް އިސްމާއީލް ޢަލީ ވެސް ވާހަކަފުޅު ދެއްކެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: