ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ރައީސް އައިޕީޔޫ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ޖެނީވާއަށް ފުރާވަޑައިގެންފި

އައިޕީޔޫގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ޖެނީވާއަށް ފުރާވަޑައިގެންފި
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އިންޓަރ-ޕާލިމެންޓަރީ ޔުނިއަން (އައިޕީޔޫ)ގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރޭ ސްވިޒަލެންޑުގެ ޖެނީވާއަށް ފުރާވަޑައިގެންފިއެވެ. މި އެސެމްބްލީ އޮންނާނީ މިމަހުގެ 13 އިން 17 އަށެވެ.

މަޖިލީހުގެ ރައީސްގެ އިތުރުން މި އެސެމްބްލީގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ ތެރޭގައި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ހިމެނިވަޑައިގޑައިގަންނަވައެވެ.

މިފަހަރުގެ އައިޕީޔޫ އެސެމްބްލީގެ މައުޟޫއަކީ ”ސުލްޙަވެރި އަދި ދެމެހެއްޓެނިވި މުސްތަޤުބަލަކަށްޓަކައި ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (އެސްޓީއައި)ގެ ބޭނުން ހިފުން“ އެވެ. މި ދަތުރަކީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުއްރަހީމް ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ 2 ވަނަ ދަތުރެވެ.

މީގެ ކުރިން، އޯގަސްޓު މަހު، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ޤާނޫނު ހަދާ މަޖިލިސް މެދުވެރިކޮށް ކަންކަން ތަންފީޒު ކުރުން އަވަސްކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އައިޕީޔޫ އިން އިންތިޒާމުކޮށްގެން ޗައިނާގައި ބޭއްވި ސެމިނާރެއްގައި އަބްދުއްރަހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމުން، ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ބައިވެރިވުން އިތުރުވެ، ޤައުމުގެ މަސްލަހަތުތައް ކުރިއެރުވުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: