ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުތާކާއި ބެހޭ ޤާނޫނުތައް އެއްކޮށްލުމުގެ ވިސްނުންއެބަހުރި: ފުއާދު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތަޢުފީޤް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިޚާބުތަކާ ބެހޭ ހުރިހާ ޤާނޫނުތަކެއް އެއްކޮށްލުމުގެ ވިސްނުމެއް ގެންގުޅުއްވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތަޢުފީޤް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ފުވާދު ވިދާޅުވީ، ރާއްޖޭގައި އިންތިޚާބުތަކާ ބެހޭ ޤާނޫނުތައް އެއްކޮށްލުމުގެ ގޮތުން، އެ ކޮމިޝަންގެ މެމްބަރުންނާއި ޤާނޫނީ ޓީމަކާއެކު މަޝްވަރާކުރައްވަމުން ގެންދަވައި ކަމަށެވެ.

އޭގެތެރޭގައި އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނާއި، ރިޔާސީ އިންތިޚާބާ ބެހޭ ޤާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ޤާނޫނުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ބެހޭ ޤާނޫނު ރާއްޖޭގެ އިންތިހާބުތަކާއި ބެހޭ ޤާނޫނުގެ ތެރޭގައި ހިމެނިގެންދެއެވެ.

ފުވާދު ވިދާޅުވީ، އިންތިހާބުތަކާއި ބެހޭ ހުރިހާ ޤާނޫނެއް މުރާޖާކުރުމަށްފަހު، ރާއްޖޭގައި އިންތިޚާބުތަކާ ބެހޭ ހުރިހާ ޤާނޫނެއް އެއްކޮށްލުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އަދި ކޮންމެ 5 އަހަރުގެ ތެރެއިން 3 އަހަރަކީ އިންތިޙާބު އޮންނަ އަހަރުތަކަށް ވާއިރު، އެ ތިން އަހަރުގައި އިންތިހާބުތަކުގެ މަސައްކަތް ކޮށްު، ބާކީ އޮންނަ 2 އަހަރު ޤާނޫނުތަކަށް ސްޓާފުން ތަމްރީންކުރުމުގެ މަސައްކަތް ކުރައްވަން ޖެހޭ ކަމަށް ފުވާދު ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ، ޤާނޫނުތައް ވަކިން އޮތުމުގެ ސަބަބުން، އާންމު ރައްޔިތުންނަށް ބައެއްކަންކަން އޮޅުންއަރާ ކަމަށެވެ. އެހެންކަމުން، ހުރިހާ ޤާނޫނެއްވެސް އެއް ޤާނޫނުގެ ދަށުން ފެންނަން ހުރުމުން އެއްހަމައަކުން ކަންކަން ކުރުމަށް އިލެކްޝަަން ކޮމިޝަނަށްވެސް ފަސޭހަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.  2026 ވަނަ އަހަރުގެ އިންތިހާބުގެ ކުރިން ޤާނޫނުތަކަށް އިސްލާހެއް ގެންނަން ޖެހޭނަމަ އެކަން ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އަލަށް ޤާނޫނެއް ހަދަންޖެހޭ ނަމަ އެ މަސައްކަތްވެސް ކުރައްވާނެ ކަމަށް ފުވާދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: