ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިއުކްލިއަރ ހަނގުރާމައިގެ އައު އިންޒާރުތަކެއް!

ސާރާ ވާގެންކްނެހްޓް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަރުމަނުވިލާތުގެ މަޖްސިލް މެމްބަރެއް ރަޝިއާ އަދި ޔޫކްރެއިން ދެމެދު ކުރަމުންދާ ހަނގުރާމައިގައި ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފާނެކަމުގެ އިންޒާރުތަކެއް ދީފިއެވެ.

ނޫސްތަކުން ރިޕޯޓުކުރާގޮތުން ޖަރުމަނުވިލާތުގެ މަޖިލިސް މެމްބަރެއްކަމަށްވާ ސާރާ ވާގެންކްނަހްޓްވަނީ ރަޝިއާ ދެމެދު ޔޫކްރެއިން އިން ކުރަމުންދާ ހަނގުރާމައިގައި ނިއުކްލިއަރ ހަތިޔާރުތައް ބޭނުންކޮށްފާނެކަމުގެ އައު އިންޒާރުތަކެއް ދީފައިކަމަށެވެ. އަދި ރަޝިއާއިން އެކި ފަހަރުމަތިން ނޭޓޯގެ ގައުމުތަކުން ޔޫކްރެއިންއަށް އެހީތައް ފޯރުވުމުގެ މައްސަލައިގައި ނިއުކްލިއަރ ހަތިޔާރުން ޖަވާބު ދީފާނެކަމުގެ އިންޒާރުތައް ދީފައިވާކަންވެސް ފާހަގަކުރެއެވެ.

ސާރާ މީޑިއާތަކަށް މައުލޫމާތު ދިންގޮތުން ނޭޓޯއިން ހަނގުރާމައިގައި ބައިވެރިވެއްޖެ ހާލަތެއްގައި ނިއުކްލިއަރ ހަތިޔާރުގެ ބޭނުން ކުރާ ހިސާބަށް މައްސަލަ ގޯސްވެގެންދާނެކަމަށެވެ. އަދި ރަޝިއާއިން ނޭޓޯއިން ގާއިމުކޮށްފައިވާ އަސްކަރީ ވަސީލަތްތަކަށް ހަމަލާ ދޭނެކަމަށް ބެލެވޭކަމަށާއި އެހިސާބުން ނިއުކްލިއަރ ހަތިޔާރުގެ ބޭނުން ކުރާނެކަމަށެވެ. އޭނާ ހިއްސާކުރިގޮތުން ރަޝިއާއިން އެގޮތުގެ މަތިން އަމަލުކުރާނެކަމަށް ބެލެވެނީ ނޭޓޯއާއި އެއްހަމަ ކުރެވޭނީ އެގޮތުގެ މަތިން އެކަނި ވުންކަމަށެވެ. އެހެންކަމުން ނޭޓޯއިން މި ހަނގުރާމައިގެ ތެރެއަށް ވަންނަމުން ދިއުމަކީ ބޮޑު ނުރައްކަލެއްކަމަށެވެ.

އޭނާ ފާހަގަކުރިގޮތުން ރަޝިއާއިންވަނީ އެ ގައުމުގެ ބޯޑަރު ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ހާޒިރީ އޮތުމަށް ބޭނުން ނުވާކަން އެކި ފަހަރުގެ މަތިން ހާމަކޮށްފައިކަމަށެވެ. އަދި ނޭޓޯގެ މިލިޓަރީ އޮނިގަނޑުގެ ތެރެއަށް ޔޫކްރެއިން ވައްދާލުމުން ހަނގުރާމަ ފުޅާވެގެންދާނެކަމަށް ގިނަ އަދަދެއްގެ ހުޅަނގުގެ ސިޔާސީ ފަރާތްތަކުން ގަބޫލުކުރާކަމަށެވެ.

ރަޝިއާއިން އެމެރިކާއަށް ކަނޑައަޅާފައިވާ ސަފީރު އެނަޓޯލީ އެންޓަނޮވްވެސް މި މައްސަލައިގައި ދާދި ފަހުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެމެރިކާއިން ޔޫކްރެއިންއަށް އެ ގައުމުގެ ލޯންގް ރޭންޖް ހަތިޔާރުތައް ބޭނުންކުރުމުގެ ފުރުސަތު ދިނުމާއި ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަކީ ބޮޑު ނުރައްކަލެއްކަމަށެވެ.

މީޑިއާތަކުން ބުނާގޮތުން ޔޫކްރެއިންއިން ދުރު ރާސްތާ އަށް ދަތުރުކުރާ މިސައިލުތައް ބޭނުންކުރުމުގެ ހުއްދަ ދިނުމަށް އެދެމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އެހެންނަމަވެސް އެ ހުއްދަ ދީފައިނުވަނީ ރަޝިއާއިން އެކަމާއި ގުޅިގެން ދެމުންދާ އިންޒާރުުތަކުގެ ސަބަބުން އުފެދިގެންދާނެ މައްސަލަ ސާފުވާތީކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. ދާދި ފަހުން ރަޝިއާއިންވަނީ އެ ގައުމުން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގައި އަމަލުކުރާ އުސޫލަށް ބަދަލުތައް ގެނެސް އެ ގައުމަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވިކަމަށް ބެލެވޭނެ ގޮތްތައް އިތުރުކޮށްފައްވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: