ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯއްޗެއް ވިއްކުމާގުޅޭ މައްސަލައެއްގައި ނާއިފްއާއި، ހަސަންގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ އަކަށް ކުރިން ހުންނެވި ނާއިފް ޝައުކަތު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބިފައިވާ ބައެއް ވިއްކުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގައި ވާތީ ހައުސިން މިނިސްޓްރީގެ ކުރީގެ ދެ އިސް ވެރިއަކަށް ދައުވާކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ނައިބަކަށް ހުރި ނާއިފް ޝައުކަތުއާއި، އެ މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުގައި އޭރު ހުރި ހަސަން ވަހީދުގެ މައްޗަށް ދައުވާކޮށް ދޭން އެދި ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ 30 ގަ އެވެ.

ދެ މީހުންގެ މައްޗަށް ވެސް ދައުވާކޮށް ދިނުމަށް އެދި ހުށަހަޅާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.

ކޮމިޝަނުން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ ގޯތިން ދައުލަތަށް ލިބުނު ބިމާ އިންވެގެން އޮތް ބިމުގެ ވެރިފަރާތުން ބިން ގަތުމަށް އެދުނު ނަމަވެސް، އެ ބިން ވިއްކާފައި ވަނީ އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށް ކަމަށެވެ. އެ ނިންމުން އެ ގޮތަށް ނިންމާފައި ވަނީ، ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން އޭރު ަމަލުކުރަމުން ދިޔަ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލާއި ހިލާފަށެވެ. އަދި

މައްސަލައިގައި ވަނީ ވަނީ އިންވެގެން އޮތް ގޯތީގެ ވެރިފަރާތުން އަދި އެހެން ފަރާތަކުން އެބިން ގަންނަން އެދިފައިވަނިކޮން، އެ އެސޫލު އިސްލާހު ކުރަމުންދާކަމަށް ބުނެ ބިން ވިއްކުން މަޑުޖައްސާލައި، އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތް ދޫކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ އުސޫލުގައި، ބިން ވިއްކުމުގެ ކުރިން ގޯތީގެ ބެހެނިވެރިންނާއި ވާރިސުންގެ ދިރިއުޅުމުގެ ހާލަތު ވަޒަން ކުރަންޖެހޭކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ބިން ގަންނަން ހުށަހެޅި ދެފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައި ނުވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް އޭސީސީގެ ރިޕޯޓުގައި ވެއެވެ. އަދި އެކަންކޮށްފައި ވަނީ ބިން ވިއްކި ފަރާތަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ބޭނުމުގައިކަން އެނގިފައިވާކަމަށް ވަނީ ބުނެފަ އެވެ،

އޭސީސީ ބުނެފައި ވަނީ ނާއިފާއި ހަސަން ވަހީދު މައްސަލައިގައި އަމަލު ކުރި ގޮތަށް ބަލާއިރު، ދެ މީހުންގެ އަމަލުތައް ހުރީ އެ ބިން ގަތް ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަމާއި، އޭގެ ސަބަބުން އެފަރާތަށް ނާޖާއިޒު މަންފާއެއް ހޯދާދެވިފައިވާކަން ތަހުގީގަށް އެއްކުރެވިފައިވާ ހެއްކާއި ގަރީނާތަކުން އެނގޭކަމަށެވެ.

މާލޭގެ ގޯއްޗެއް ޙައްޤުނޫން ފަރާތަކަށް ވިއްކާފައިވާ މައްސަލާގައި، ނާއިފް އާއި ހަސަން ވަހީދަށް ދައުވާކޮށްދޭން އެދި ކޮމިޝަނުން 2021 ވަނަ އަހަރު ވެސް ފޮނުވި އެވެ. އޭރު ފޮނުވި މައްސަލައިގައި ވަނީ ވެށިފަހި މާލެ ޕްރޮގުރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލުގެ ދަށުން، ދެވަނަ ފިޔަވަހީގެ ގޮތުގައި ވިއްކުމަށް އިޢުލާނުކުރި ބިންތަކުގެ ތެރެއިން މާލޭގެ ގޯއްޗަކުން ދެ ފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަކާއި ނުލައި، އެ ބިން ވިއްކަން ނިންމައި، ނާއިފު ސޮއިކޮށް ސިޓީއަކުން އެކަން ބިން ވިއްކަން ނިންމި ފަރާތަށް އަންގައި އެ ބިން ވިއްކާފައިވާކަން އެނގޭ ކަމަށެވެ. އަދި ބިން  ވިއްކާފައިވަނީ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު އާއި ހިލާފަށްކަމަށް ކޮމިޝަނުން ބުންޏެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: