ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީއަކީ އެއްބަސްވާ ގޮތަށް އަމަލުކުރާ ކުންފުންޏެއްކަމުގެ ޔަގީނަކަން ދިނުމަށް ހުރިހާ މުއައްޒަފުންވެސް މަސައްކަތްކުރަންޖެހޭ: ސައުދީ

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީއަކީ ވެފައިވާ އެއްބަސްވުންތަކާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންގޮސް ނިންމާލާ ކުންފުންޏެއްކަމުގެ ޔަގީންކަން ދިނުމަށް ހުރިހާ މުއައްޒަފުން މަސައްކަތް ކުރަންޖެހޭކަމަށް ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.

އެމްޓީސީސީއިން ސުޕަވައިޒަރުންގެ މަހާސިންތާގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ވާހަކަދައްކަވަމުން އެމްޑީ ސައުދީ ވަނީ އެ ކުންފުނީގެ މުއައްޒަފުންނަށް މުހިންމު އިރުޝާދުތަކެއް ދެއްވާފައެވެ. ސައުދީ ވިދާޅުވީ، ކުންފުނީގެ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަށްޓަކައި މަހާސިންތާއިން ދަސްކުރި ކަންކަން މުހިންމުކަމަށާއި ކުންފުނީގެ ލިޔެކިއުންތަކާއި ހިސާބުތައް ބެލެހެއްޓުމަށްޓަކައި ކަނޑައެޅިފައވާ އުސޫލުތަކާއި ހަމަތަކުގެ މަތިން އަމަލުކުރާ ބައެއްގެ ގޮތުގައި އެ ކުންފުނީގެ މުއައްޒަފުން ވާންޖެހޭކަމަށެވެ.

އޭނާ ވިދާޅުވީ، އީއާރްޕީ ފަދަ ވަސީލަތްތައް ހުންނަ ކަމަށްވާނަމަ އެއަށް މައުލޫމާތުތައް އަޕްޑޭޓް ކުރަންޖެހޭނެކަމަށާއި އިންވެންޓްރީ ބެލެހެއްޓުމުގެ އިތުރުން ހަފްތާގެ ތެރޭގައި އަދި މަހުން ހަމައަށް ހަދަންޖެހޭ ރިޕޯޓުތައްވެސް އެކުލަވާލުމުގެ މަސައްކަތްތައް ކުރެވެންޖެހޭކަމަށެވެ. ސައުދީ ވިދާޅުވީ، މި ހުރިހާ ކަމެއް މިހާރަށްވުރެ ހަރުދަނާކޮށް ކުރެވިއްޖެ ހާލަތެއްގައި މަންފާތަކެއް ހާސިލުކުރެވިގެންދާނެކަމަށެވެ.

އެހެންކަމުން އެ ކުންފުނިން މިހާރު ހަވާލުވެގެން ކުރިއަށް ގެންދާ 187 ޕްރޮޖެކްޓުގެ ތެރެއިން ސީދާ އެމްޓީސީސީއިން މަސައްކަތްކުރާ 86 ޕްރޮޖެކްޓު ނިންމާލުމަށްފަހު ޕްރައިވެޓް މަސައްކަތްތަކުގެ ތެރެއަށް އެނބުރި އެކަމުން މަންފާތަކެއް ހާސިލުކުރުމަށް ހުރިހާ މުއައްޒަފުންގެ އެއްބާރުލުމާއިއެކު މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭކަމަށް ސައުދީ ވިދާޅުވި އެވެ.

ސައުދީ ވިދާޅުވީ، އެމްޓީސީސީއަކީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ގިނަ އަދަދެއްގެ މަސައްކަތްތައް ކުރަމުންދާ ކުންފުންޏެއްކަމަށާއި އެހެންކަމުން ކުރާ މަސައްކަތްތަކުގެ ކޮލިޓީ ކޮންމެހެންވެސް ހިފެހެއްޓެންޖެހޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: