ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ހުށަހަޅައި ފާސްކުރާ ބައެއް ގާނޫނުތަކުން ލާމަރުކަޒީ ނިޒާމަށް ހުރަސްއެޅޭ: އެމްޑީޕީ

އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން ނިންމާލުމަށް ކުރިއަށްގެންދިޔަ ރެލީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރަމުންދާ ބައެއް ގާނޫނުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ލާމަރުކަޒީ މަސައްކަތްތައް ހުރަސްއެޅިގެންދާކަމަށް އެމްޑީޕީއިން ބުނެފިއެވެ.

އެމްޑީޕީއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން 19 ވަނަ މަޖިލީހުން ގެނެސްފައިވާ ބަދަލުތަކާއިއެކު ލާމަރުކަޒީ ނިޒާމު ހިންގުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން އެ ޕާޓީއިން ގަބޫލުކުރާކަމަށެވެ. އެހެންނަމަވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ފާސްކުރަމުންދާ ބައެއް ގާނޫނުތަކުގެ ސަބަބުން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ހުރަސްތައް އެޅިގެންދާކަމަށާއި ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަނެވި ލާމަރުކަޒީ ގާނޫނު ފުރިހަމަ މާނައިގައި ތަންފީޒުކުރުމަށް ކައުންސިލުތަކަށް ދަތިތައް ދިމާވަމުންދާކަން ފާހަގަކުރެވޭކަމަށެވެ.

އެމްޑީޕީއިން ބުނެފައިވާގޮތުން ޕީއެންސީގެ މެޖޯރިޓީ އޮތް 20 ވަނަ މަޖިލީހުން ގާނޫނުތައް ފާސްކުރަމުންދަނީ ކައުންސިލުތަކާއި ކަމުގެ މާހިރުންގެ އިތުރުން ކަމާއި ގުޅުން ހުރި ޖަމިއްޔާތަކުގެ ކަންބޮޑުވުންތަކާއި ހުށައަޅަމުންދާ އިސްލާހުތަކަށް ބެލުމެއް ނެތިކަމަށެވެ. އެހެންކަމުން އެ ނިޒާމަށް ނިކަމެތިކަން ލިބިގެންދާކަމަށް ގަބޫލުކުރާކަމަށާއި އެފަދަ ގާނޫނުތައް އިސްލާހުކުރުމަށް ގޮވާލައި ކައުންސިލުތަކާއި ކަބާއި ބެހޭ ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރުދީ ބައިވެރިވާކަމަށާއި، ނިޒާމު ދެމެހެއްޓުމަށްޓަކައި އެއިރެއްގައި ކުރަންޖެހޭ ކޮންމެ މަސައްކަތެއްވެސް ކުރާނެކަމަށް އިގުރާރުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: