ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެބިނެޓަށް ގެނައި ބަދަލަށް، ރުހުން ހޯދާ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލީހަށް ބައެއް މެމްބަރުން ޢައްޔަނު ކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާ ގުޅިގެން، އައްޔަންކުރެއްވި 3 ވަޒީރުންގެ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވާފައިވާ މައްސަލަ، އިތުރަށް ދިރާސާކުރުމަށް ކަމާބެހޭ ދާއިމީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ކެބިނެޓަށް މުހިންމު ބަދަލުތަކެއް ގެންނަވާފައެވެ. މި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:

– ކުރީގެ ހާރިޖީ ވަޒީރު މޫސާ ޒަމީރު މާލީ ވަޒީރުގެ މަޤާމަށް ބަދަލުކުރެއްވުން
– ކުރީގެ ސިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ހާރިޖީ ވަޒީރުގެ މަޤާމަށް ބަދަލުކުރެއްވުން
– ކުރީގެ ސަރުކާރުގައި ސިއްޙަތާބެހޭ ވުޒާރާ ހިންގެވުމުގައި އިސްކޮށް ހުންނެވި، މިހާރުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް ސިއްޙީ ވަޒީރުގެ މަޤާމަށް އައްޔަންކުރެއްވުން

މި ބަދަލުތަކާ ގުޅިގެން ކުރީގެ މާލީ ވަޒީރު ޑރ. ޢަބްދުﷲ ޝަފީޢު އައްޔަންކުރެއްވި މަޤާމެއް އަދި ސާފުވެފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި 3 ވަޒީރުންގެ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވުމާ ގުޅިގެން، މި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ވަނީ ކަމާބެހޭ ދާއިމީ ކޮމިޓީއަށް ފޮނުވާފައެވެ. މި ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު ނިންމާ ގޮތެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: