ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނު ރައްޔިތުން ދައްކަނީ ހިތްވަރުގެ ނަމޫނާއެއް: ޝަހީމް

ޢައްޒާގެ ރައްޔިތުން ދިފާއު ކުރުމަކީ އިންސާނީ ވާޖިބެއް: މިނިސްޓަރ ޝަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލުގެ އަނިޔާވެރި އަމަލުތަކުގެ ކުރިމަތީގައި ފަލަސްތީނު ރައްޔިތުން ދައްކަމުން އަންނަނީ ހިތްވަރުގެ ނަމޫނާއެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިސްތިއުމާރީ ބާރުގެ އަނިޔާވެރި ޢަމަލުތަކުގެ ކުރިމަތީގައި ފަލަސްތީނުގެ ރައްޔިތުން ދައްކަމުންދަނީ ހިތްވަރާއި ޢަޒުމާއި ކެތްތެރިކަމުގެ ދެވަނައެއް ނެތް ނަމޫނާއެއް ކަމަށެވެ. އަދި ފަލަސްތީނާއި އަނިޔާ ލިބެމުންދާ އެހެނިހެން ޤައުމުތަކުގެ ރައްޔިތުންނަށް ނަޞްރު ދެއްވުން އެދި މިނިސްޓަރު ވަނީ ދުޢާ ދަންނަވާފައެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމު ފެށުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މިހާތަނަށް މި ހަމަލާތަކުގައި 42،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

މިހާރު އިޒްރޭލުން ހަމަލާތައް އަމާޒުކުރަމުން ދަނީ ފަލަސްތީނުގެ އުތުރުގެ ސަރަހައްދުތަކަށެވެ. މީގެ އިތުރުން، އިޒްރޭލުން އަންނަނީ ލުބްނާނުގެ އެކި ސަރަހައްދުތަކަށް ވެސް ހުއްޓުމެއް ނެތި ހަމަލާތައް ދެމުންނެވެ.

ދިވެހިރާއްޖެއިން އަބަދުވެސް ގޮވާލަމުން އަންނަނީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމު ހުއްޓުވުމަށެވެ. އަދި ރާއްޖޭގެ އެކި ފަރާތްތަކާއި އެކިއެކި ޖަމިއްޔާތަކުން ދަނީ ފަލަސްތީނަށް އަބަދުވެސް އެހީތެރިވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: