ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ސިފައިން ޑޯނިއާ މަތިންދާބޯޓު ނުދުއްވާ ސަބަބު ހާމަކުރަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟
  1. ރާއްޖެއަށް އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ޑޯނިއާ މަތިންދާބޯޓުތައް ދުއްވުމުގެ ތަމްރީނު ހަދާފައިވާ ދިވެހި ސިފައިންނަށް އެ އުޅަނދުތައް ދުއްވުން ފުރުސަތި ނުދޭ ސަބަބު ހާމަކުރުމާ ދެކޮޅަށް ސަރުކާރުން ހައި ކޯތަށް ހުށައެޅި މައްސަލަ އަނބުރާ ގެންގޮސް އެ މައުލޫމާތު ހާމަކުރަން ސަރުކާރތުން ނިންމައިފިއެވެ.

ރާއްޖޭގައި ދުއްވާ ޑޯނިއާ އޮޕަރޭޓް ކުރަމުން އައީ އިންޑިއާ ސިފައިންނެވެ. އަދި މިހާރު އެ އުޅަނދުތއް ދުއްވަނީ އެ ގައުމުން ފޮނުވާފައިވާ މަދަނީ މީހުންނެވެ. އެހެންނަމަވެސް 2021 ވަނަ އަހަރުގެ ތެރޭގައި އެމްއެންޑީއެފްގެ ދެ އޮފިސަރަކު ޑޯނިއާ ދުއްވުމަށް ތަމްރީނުކުރިއެވެ. އެއީ ސިފައިންގެ ފަސްޓަ ލެފްޓިނެންޓް އިބްރާހީމް ޝަރީފާއި ލެފްޓިނެންޓް އަހުމަދު އަލީއެވެ.

އެއަށްފަހުން ފަސް ޕައިލެޓަކު އަސްކަރީ އުޅަނދުތައް ދުއްވަން ތަމްރީނުކޮށް އަދި ހަތަރު ޕައިލެޓަކު ޑޯނިއާ ކޮންވާޝަން ކޯސް ފުރިހަމަކޮށްފައިވާ ކަމަށް ކުރިން އެމްއެމްޑީއެފުން ބުނެފައިވެއެވެ.

އެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގެވުމުން ޑިފެންސް މިނިސްޓްރީން މައްސަލަ މިދިޔަ ހަފްތާގައި ހައި ކޯޓަށް ހުށައެޅިއެވެ. އެހެންނަމަވެސް އެނގިފައިވާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ އެ މައްސަލަ އަނބުރާ ގެންދަން އަންގަވައިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: