ކްލިކް ކޮމްޕިއުޓާސްގެ ފަރާތުން މަޑެވެލި ސްކޫލުގެ ކޮމްޕިއުޓާސް ލެބަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ކްލިކް ކޮމްޕިއުޓާސްގެ ފަރާތުން ވަނީ މަޑަވެލި ސްކޫލަށް ފަސް ކޮމްޕިއުޓަރ ސިސްޓަމާއި ފަސް ލެޕްޓޮޕް ހަދިޔާކޮށްފަ އެވެ.
މި ކޮމްޕިއުޓަރުތައް ސްކޫލަށް، ކުންފުނީގެ ފަރާތުން ފޯރުކޮށް ދީފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. އަދި ކްލިކް ކޮމްޕިއުޓާސްގެ ފަރާތުން ދަނީ ސްކޫލްގެ ލެބް އަޕްގްރޭޓު ކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކްލިކްގެ މި އެހީއާއި އެކު ސްކޫލުގައި އެއްފަހަރާ 15 ކުދިންނަށް ކިޔަވައިދެވޭނެ އެވެ.

މަޑަވެލި ސްކޫލުން ފާހަގަކުރި ގޮތުގައި ކްލިކް ކޮމްޕިއުޓާސްގެ ފަރާތުން އަބަދުވެސް އެ ސްކޫލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެ އެވެ. އަދި އެކަމަށްޓަކައި ކުންފުނީގެ މުވައްޒަފުންނާއި ސީއީއޯ މުހައްމަދު ޒާހިރަށް ސްކޫލުން ވަނީ ޝުކުރުއަދާކޮށްފަ އެވެ.
ކްލިކް އަކީ އައިޓީއާ ގުޅޭ ހުރިހާ ސާމާނެއް އެއްތަނަކުން ލިބޭނެ އަދި ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ ތަނެކެއެވެ. ކްލިކް ކޮމްޕިއުޓާސް ބުނެފައި ވަނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ކަސްޓަމަރުންނާއި ވީހާވެސް ގާތުން ކޮލިޓީއަށް އެއްވެސް ބަދަލެއް ނައިސް އަގުހެޔޮ ކޮމްޕިއުޓާރ ސާމާނުތައް ފޯރުކޮށްދިނުމަށްކަމަށެވެ.

