ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މަތީ ތަޢުލީމުގެ ދާއިރާތަކާއި ގުޅޭގޮތުން ދިރާސާކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ވޯލްޑް ބޭންކްގެ އެހީގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި، ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރަމުންދާ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސެސް (ސެއިލްސް) ޕްރޮޖެކްޓް މެދުވެރިކޮށް، ދިވެހިރާއްގޭ ތަރައްޤީއަށް ބޭނުންވާ މަތީ ތަޢުލީމުގެ ދާއިރާތަކާއި ގުޅޭ ދިރާސާ ރިޕޯޓެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފިއެވެ.

މި ދިރާސާ ރިޕޯޓަކީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އެންމެ ބޭނުންވާ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް އަމާޒުކޮށް ތައްޔާރުކުރެވޭ ރިޕޯޓެކެވެ.

ރާއްޖޭގެ ތަރައްޤީއަށް އެންމެ ބޭނުންވާ މަތީ ތަޢުލީމުގެ ދާއިރާތަކާއި ގުޅޭ މަޢުލުމާތު ހޯދުމުގެ ގޮތުން ސަރުކާރުގެ އެންމެހާ އިދާރާތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ކައުންސިލްތަކާއި މުޢާމަލާތްކުރެވިފައިވާއިރު، މިހާރު ސެއިލްސް ޕްރޮޖެކްޓުން އަންނަނީ މަޢުލުމާތު ލިބިފައި ނުވާ ފަރާތްތަކުން މަޢުލުމާތު ހޯދުމުގެ މަސައްކަތާއި، މިހާތަނަށް ލިބިފައިވާ މަޢުލުމާތު ތަރުތީބުކުރުމުގެ މަސައްކަތްތަށް ކުރަމުންނެވެ.

”ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑް އެނާލިސިސް“ ގެ ނަމުގައި ކުރިއަށް ގެންދާ މި ދިރާސާ ރިޕޯޓްގެ ފުރުތަމަ ޑްރާފްޓް ވަނީ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އެ ރިޕޯޓާއި ގުޅޭ ވެލިޑޭޝަން ވޯކްޝޮޕެއް ބާއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: